ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުން: އިމާދުއްދީނުގައި ޕެރައޮލިމްޕިކް ކުޅިވަރު ހަރަކާތްތަކާއެކު ދަރިވަރުންގެ ހުނަރު ދައްކާލުން

އިމާދުއްދީނުގައި ޕެރައޮލިމްޕިކް ކުޅިވަރު ހަރަކާތްތަކާއެކު ދަރިވަރުންގެ އާޓް އެންޑް ކްރާފްޓް މައުރަޒެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިމާދުއްދީނުގައި ޕެރައޮލިމްޕިކް ކުޅިވަރު ހަރަކާތްތަކާއެކު ދަރިވަރުންގެ އާޓް އެންޑް ކްރާފްޓް ދައްކާލުމާއިއެކު އިތުރު ހުނަރުތައް ވެސް ދައްކާލުން އޮތެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ޝަރަފުވެރިކޮށް ދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. ޢަބްދުއްލަޠީފް މުޙަންމަދެވެ.

ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަށްފަހު ދަރިވަރުންނަށް އެ ސްކޫލުގެ ޖުވެލް ސެންޓަރުގެ މުދައްރިސުން އިންތިޒާމު ކުރި ޕެރައޮލިންޕިކްސް ކުޅިވަރުތައް ކުރިއަށް ގެންދިޔައެވެ. މި ކުޅިވަަރުތައް ފައްޓަވާ ދެއްވި ޝަރަފުވެރިމެހުމާން ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުއް ލަތީފުއެވެ. މި ކުޅިވަރުތައް ކުރިއަށް ގެންދިޔައީ ދަރިވަރުންނާއެކު އެކުދިންގެ ޢާއިލާތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ކުރިއަށް ގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ގޯލް ބޯލް، ސިޓިން ވޮލީ، ޓިކްޓެކް ޓޯ، ބޮޝިއާ، އަދި އޮބްސްޓެކަލް ހިމެނެއެވެ.

ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް މެޑަލް ދީފައިވެއެވެ.

އިމާދުއްދީނުގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ އާޓް އެންޑް ކްރާފްޓް ސްޓޯލަކާއި ކޭކް ޑެކަރޭޝަން ސްޓޯލަކާއި ހޮޕް ސްކޯޗް ސްޓޯލަކާއި ފޭސް ޕެއިންޓިންގެ އިތުރުން ހީނާ ޑިޒއިން ވެސް ކުރިއަށް ދިޔައެވެ.

އިޒުއްދީން ސްކޫލުން ބައިވެރިވެ ހޯލުގައި ސްޓޯލެއް ކުރިއަށް ގެންދިޔައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *