24 ވަނަ އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރާތް ރޭ ފަށާފައިވާއިރު މި މުބާރާތުގެ ހަތަރު މެޗް ރޭ ވަނީ ކުޅެފައެވެ.
ތޭރަ އަހަރުން ދަށުގެ ބައިގައި އަރަބިއްޔާ ސްކޫލާ ވާދަކޮށް ތާޖުއްދީން ސްކޫލް މޮޅުވީ 4-11 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ތާޖުއްދީން ސްކޫލުގެ މަޒްހާ އަލީއެވެ. ތޭރަ އަހަރުން ދަށުގެ ދެވަނަ މެޗް ދަރުމަވަންތައާ ވާދަކޮށް އިމާދުއްދީނުން ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. އިމާދުއްދީނުން ދަރުމަވަންތަ ކޮޅަށް 36 ޕޮޓް ވައްޓާލިއިރު، ދަރުމަވަންތައަށް އިމާދުއްދީނުގެ ކޮޅަށް ވެއްޓުނީ އެއްމެ ޕޮޓެކެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އިމާދުއްދީނުގެ ކެޕްޓަން އައިޝަތު އައިނީ އަބޫބަކުރެވެ.
ސަތާރަ އަހަރުން ދަށުގެ ބައިގައި ޖަމާލުއްދީން ސްކޫލާ ވާދަކޮށް މޮޅުވީ ވެސް ތާޖުއްދީނެވެ. މި މެޗުން ތާޖުއްދީން މޮޅުވީ އެންމެ ދެ ޕޮޓްގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ތާޖުއްދީނުގެ އީޝަލް މުޙައްމަދެވެ.
ނަވާރަ އަހަރުން ދަށުގެ ބައިގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ މައްޗަށް ކުރި ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުންނެވެ. މި މެޗްގެ ނަތީޖާއަކީ 45-28 އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ވިލާ ހައި ސްކޫލުގެ އާމިނަތު އައިނީއެވެ.
މާދަމާ ހެނދުން ފެށިގެން ރޭގަނޑާ ހަމައަށް ދިހަ މެޗް ކުޅެން ތަވާލުކޮށްފައިވެއެވެ.
ހިޔާލު