އިމާދުއްދީން ސްކޫލްގައި"ކާލަމާ ބަހީ"ގެ ނަމުގައި ފަންޑް ރައިޒިން އިވެންޓްއެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ އެ ސްކޫލް ޕީޓީއޭގެ އިސްނެގުމުގެ މަތީން އެ ސްކޫލްގައި ކުރިއަށް ގެންދިޔަ އިވެންޓްއެކެވެ.
އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މި އިވެންޓަކީ އެ ސްކޫލްގެ ކިޔެވުމާއި އެހެނިހެން އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. "ކާލަމާ ބަހީ" އަކީ، ބެލެނިވެރިން ކުރިއަށް ގެންދިޔަ ކެންޓީނެކެވެ. އެއް ދުވަހުގެ އިންޓަވަލް މި ކެންޓީނުން ލިބެން ހުރިއިރު ސޭންޑްވިޗްއާއި އެކި ކަހަލަ މޭވާ ލިބެން ހުރިކަމަށް ޑެޕިއުޓީ ޕްރިންސިޕަލް މައުލޫމާތު ދެއްވިއެވެ. މި އިވެންޓްގައި ސްކޫލް ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަންވެސް ޑެޕިއުޓީ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ދުއްވާ އުޅަނދު ސާފުކުރުމުގެ ފަންޑް ރައިޒިން އިވެންޓްއެއް ބޭއްވުމަށް އެ ސްކޫލުން މަޝްވަރާ ކުރަމުންދާކަމަށެވެ. މިފަދަ ހަރަކާތްތަކުގަައި އިމާދުއްދީން ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޕްރިންސިޕަލްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހިޔާލު