ހިރިޔާސްކޫލުގެ ފުރަތަމަ މެތް ކުއެސްޓް ބާއްވައިފި

ހިރިޔާ ސްކޫލުގައި ބޭއްވި މެތް ކުއެސްޓްގެ ޕޯސްޓަރެއް. ފޮޓޯ :ހިރިޔާ ސްކޫލް

ހިރިޔާ ސްކޫލުގެ ފުރަތަމަ މެތް ކުއެސްޓް ބާއްވައިިފިއެވެ.

މިއީ އެސުކޫލުގައި ކުރިއަށްްދިޔަ މިފަދަ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި އެސުކޫލްގެ ގްރޭޑް 3ގެ ހުރިހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ހިރިޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ މެކްސް ކުއެސްޓް ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ހިރިޔާ ސްކޫލް

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހިސާބަކީ އަދަދުތަކެއް ނޫންކަމަށާއި ހަމަ ކޮންމެ ލިޔުމެއްގައިވެސް ހިސާބު އަދަދުތައް ބޭނުން ކުރަން ޖެހިދާނެކަން ކުދިންނަށް އަންގައިދިނުމެވެ. ހުރިހާ ކުދިންވެސް މި ޕްރޮގްރާމްގައި ޝައުގުުވެރިކަމާއިއެކު ވަނީ ބައިވެރިވެފައެވެ. އަދި ޓީޗަރުންގެ ފުރިހަމަ އެއްބާރުލުން މި ޕްރޮގްރާމަށް ވަނީ ލިބިފައެވެ. މި ޕްރޮގްރާމްގައި ހިސާބް މި މާއްދާއާއި ގުޅޭ ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންގެ ހިތްތަކުގައި އެމާއްދާއަށް އޮންނަ ޝައުގު އިތުރު ވެގެންދާކަމަށް އެ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *