ހިރިޔާ ސްކޫލުގެ ފުރަތަމަ މެތް ކުއެސްޓް ބާއްވައިިފިއެވެ.
މިއީ އެސުކޫލުގައި ކުރިއަށްްދިޔަ މިފަދަ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި އެސުކޫލްގެ ގްރޭޑް 3ގެ ހުރިހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހިސާބަކީ އަދަދުތަކެއް ނޫންކަމަށާއި ހަމަ ކޮންމެ ލިޔުމެއްގައިވެސް ހިސާބު އަދަދުތައް ބޭނުން ކުރަން ޖެހިދާނެކަން ކުދިންނަށް އަންގައިދިނުމެވެ. ހުރިހާ ކުދިންވެސް މި ޕްރޮގްރާމްގައި ޝައުގުުވެރިކަމާއިއެކު ވަނީ ބައިވެރިވެފައެވެ. އަދި ޓީޗަރުންގެ ފުރިހަމަ އެއްބާރުލުން މި ޕްރޮގްރާމަށް ވަނީ ލިބިފައެވެ. މި ޕްރޮގްރާމްގައި ހިސާބް މި މާއްދާއާއި ގުޅޭ ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންގެ ހިތްތަކުގައި އެމާއްދާއަށް އޮންނަ ޝައުގު އިތުރު ވެގެންދާކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު