ކޯހުން އެއްވަނަ ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިނާމު އެމްއެންޔޫއިން ދަސްވެނިވި ނުވަ ދަރިވަރުންނަށް
ކޯހުން އެއްވަނަ ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިނާމު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދަސްވެނިވި ނުވަ ދަރިވަރުން ހޯދައިފިއެވެ.
- މުޙައްމަދު ރިޔާޟް- މާސްޓަރ އޮފް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗަރ، ފެކަލްޓީ އޮފް އާޓްސް
- އިޔާން އަޒީޒު- ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ،
- ފާތިމަތު އިޝާ އަފީފު- ބެޗްލަރ އޮފް އެންވަޔަރަމަންޓް މެނޭޖްމަންޓް، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ،
- ޔަމްނާ ސޯލިޙް- ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީއާއިން ލޯ،
- މިލްހާ ވަހީދު – އެމްއެންޔޫ ބިޒްނަސް ސްކޫލް ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް، އެމްއެންޔޫ ބިޒްނަސް ސްކޫލް
- އައިޝަތު ޝައިހާ- ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ، އެމްއެންޔޫ ބިޒްނަސް ސްކޫލް
- ޝިޢުމަތު މަޖުދީ – ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (އިސްލާމް/ޤުރްއާން) ފެކަލްޓީ އޮފް އެޑިޔުކޭޝަން
- ފަރުޒާނާ ސާބިޤު ޕޯސްޓްގުރެޖުއެޓް ޑިޕްލޮމާއިން ހަޔަރ އެޑިޔުކޭޝަން، ފެކަލްޓީ އޮފް އެޑިޔުކޭޝަން
- ޢާއިޝަތު ޛީޝާން- ޕޯސްޓްގުރެޖުއެޓް ޑިޕްލޮމާއިން ހަޔަރ އެޑިޔުކޭޝަން، ފެކަލްޓީ އޮފް އެޑިޔުކޭޝަން
ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބެނީ ކޯސްތަކުން އެއްވަނަ ހޯދި ދަރިވަރުންގެ ތެރެއިން ގުރޭޑް ޕޮއިންޓް 3.5 އަށްވުރެ މަތިން ހޯދުމުންނެވެ.
މި އަހަރުގެ ދެވަނަ ޓާމުގައި އެމްއެންޔޫގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ 29 ވަނަ ދުވަހު ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
advertisment
ހިޔާލު