އަރަބިއްޔާ ސްކޫލުގެ އިތުރުން ނ. އަތޮޅު މަދަރުސާއާއި ކުނަހަންދޫ ސްކޫލަށް ޕްރިންސިޕަލުން ހޯދަނީ

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އާއި ނ. އަތޮޅު މަދަރުސާގެ އިތުރުން ކުނަހަންދޫ ސްކޫލަށް ޕްރިންސިޕަލުން ހޯދަން ތައުލީމާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.

އެ ވުޒާރާއިން ވަކިވަކިން ކޮށްފައިވާ އިއުލާން ތަކުގައި ބުނެފައިވާ ގޮތުން ނ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މާދަމާގެ 13:30 އަށެވެ. އަރަބިއްޔާ ސްކޫލާއި ލ. ކުނަހަންދޫ ސްކޫލުގެ ޕްރިންސިޕްކަމަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވާނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 13:30އަށެވެ.

ޕްރިންސިޕަލަކަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް ރޭންކް 9ގައި ހިމަނާފައި ވަނީ، ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޢަރަބި ބަހުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ޚާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2  އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 3 އަހަރު ޚިދުމަތްކޮށްފައިވުމެވެ. އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ވުމުގެ ޝަރުޠުގެ ތެރޭގައި، މަދުވެގެން 1 އަހަރު ދުވަހު ޢަރަބި ބަހުން ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގައި ޚިދުމަތްކޮށްފައިވުން ހިމަނާފައިވެއެވެ.

ނުވަތަ، ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޢަރަބި ބަހުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ޚާޞިލުކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ. އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެ ތެރޭގައި މަދުވެގެން 1 އަހަރު ދުވަހު ޢަރަބި ބަހުން ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގައި ޚިދުމަތްކޮށްފައިވުން ޝަރުޠުކޮށްފައިވެއެވެ.

ޕަބްލިކްސާވިސް ރޭންކް 10ގެ ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައިވަނީ، ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޢަރަބި ބަހުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. އަރަބިއްޔާ ސްކުލމި މުއްދަތުގެ ތެރެއިން މަދުވެގެން 1 އަހަރު ދުވަހު ޢަރަބި ބަހުން ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގައި މަސައްކަތްކޮށްފައިވުން ލާޒިމު ކޮށްފައިވެއެވެ.

ސްކޫލްތަކަށް ޕްރިންސިޕަލުން ހޮވުމުގައި އެންމެ ގިނަ މާކްސް ދެނީ އިންޓަވިއުއަށެވެ. ދެން އަސާސީ ޝަރުޠުތަކަށެވެ. ދެން ޕްރެކްޓިކަލްއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *