އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލުގެންނަނީ

ފޮތްތައް ބަދަލުކުރެވުނަސް ހަޤީޤީ ބަދަލެއް އަންނާނީ މުދައްރިސުންގެ މަސައްކަތުން

އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ.

ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު، ޑރ. އިސްމާއިލް ވިދާޅުވީ، ކީ ސްޓޭޖް 1 ގައި ހިމެނޭ ގުރޭޑް 1ން 3ގެ ފޮތްތަކަށް ބަދަލު ގެންނައިރު އެ ބަދަލުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށެވެ.

8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަނީ ތަޢުލީމީ މަރުހަލާގައި ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ، ފޮތްތައް ބަދަލުކުރެވުނަސް ހަޤީޤީ ބަދަލެއް އަންނާނީ މުދއްރިސުން ކުރާ މަސައްކަތުން ކަމަށެވެ.

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް މި އަހަރު ޚާއްސަކޮށްފައިވާ ޝިޔާރަކީ" ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ"އެވެ. މި ކޮންފަރެންސްގައި، ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުން ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ކުރިއެރުވުމާއި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުރިއަށް ދަނީ ހުޅުމާލޭގައި އެންމެ ފަހުން ހުޅުވީ ޝަހީދު އަލީ ސްކޫލުގައެވެ. މި ކޮންފަރެންސަކީ، ދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރަންސެކެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވެއެވެ. 106 ފަރާތަކުން މި 70 ޕްރެޒެންޓޭޝަން ހުށަހަޅާދޭނެއެވެ. އަދި ކެމްބްރިޖު ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ، ޑރ. މަޚުމޫދު ޝައުޤީގެ ފަރާތުން މި ކޮންފަރެންސްގައި ކީ ނޯޓު ސްޕީޗެއް ދެއްވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *