އެލައިޑުން ޕީއެސް5 ލިބޭ އިންސްޓަގްރާމް ގިވްއަވޭއެއް

ޕީއެސް5 ލިބޭ އިންސްޓަގްރާމް ގިވްއަވޭއެއް އެލައިޑުން އިންޝުއަރެންސުން ފަށައިފިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ގިވްއަވޭގައި ބައިވެރިވެވޭނީ ވަކި ކަންތައްތަކެއް ފުރިހަމަކުރާ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށެއެވެ.

އެލައިޑްގެ މި ގިވްއަވޭގައި ބައިވެރިވާން ފުރިހަމަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް އެލައިޑް.އެމްވީ ފޮލޯކުރުން.
  • "މިޝަން ޕީއެސް5″ ކެމްޕޭންގެ އަސްލު ޕޯސްޓަށް ލައިކް ދިނުން.
  • ކެމްޕޭން ޕޯސްޓުގައި ތިން ރަހުމަތްތެރިއަކު ޓެގްކޮށް ކޮމެންޓްކުރުން.
  • ކެމްޕޭން ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް (ޝެއާކޮށް)، @allied.mv ޓެގްކޮށްގެން ބޯނަސް އެންޓްރީއެއް ހޯދުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބޭނެ

މި ގިވްއަވޭގެ ނަސީބުރިއަކު ހޮވާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ، މި ކެމްޕޭނަކީ އެ ކުންފުނީގެ އޮންލައިން ކޮމިއުނިޓީއަށް ހުޅުވާލައިގެން، ރަހުމަތްތެރިންނާއެކު ބައިވެރިވެގެން ޕީއެސް5 އެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *