ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ނިންމައި، އެ ދުވަހަކީ އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ ގޮތުގައި ކަނޑައެޅީ މިދިޔަ އަހަރުއެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މި އަހަރު ވެސް ކުރިއަށް ގެންދިޔައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް، އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އިންޖިނިއަރުން މަސައްކަތް ކުރާ މައިދާންތަކަށް ސްކޫލު ދަރިވަރުން ވަނީ ޒިޔާރަތްކޮށް އަމަލީ ގޮތުން އިންޖިނިއަރުން ކުރާ މަސައްކަތް ތަޖުރިބާ ކޮށްފައެވެ. އަދި އެ ކުދިންނަށް ޚާއްޞަ ކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި މާލެއާއި އަތޮޅުތަކުން 164 ރަށެއްގެ ސްކޫލުތަކުން ބައިވެރިވިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިސްނައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނާއި ސީއެޗްއެސްސީގެ ދަރިވަރުން ވަނީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ތަޖުރިބާކޮށްފައެވެ. މި ތިން ސްކޫލުގެ 45 ދަރިވަރުންނަށް ބުރިޖުގެ މަސައްކަތް ރޭވިގެން ކުރިއަށް ގެންދާ ގޮތާއީ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ދިޔައީ ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީގެ އިތުރުން އެމްޓީސީސީގެ އިންޖިނިއަރުން މަސައްކަތް ކުރާ ތަންތަނަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ހަރަކާތްތަކުގެ ތެރެއިން އިންޖިނިއަރިންގ ދާއިރާއަށް ކުދިންގެ ޝައުޤު އިތުރުކޮށް، ކުރިމަގުގައި އެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ އުއްމީދެއް ކަމަށެވެ.
އިންޖިނޭރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް އެވޯޑް ތަކެއް ވެސް ވަނީ ސަރުކާރުން އިއުލާން ކޮށްފައެވެ.
advertisment
ހިޔާލު