އިންޖިނިއަރިންގެ ތަފާތު ދާއިރާތަކުން ތަޙުލީލުކުރެވޭ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލިޓީއެއް ތަރައްޤީކުރަނީ

އިންޖިނިއަރިންގެ ތަފާތު ދާއިރާތަކުން ތަޙުލީލުކުރެވޭ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލިޓީއެއް ތަރައްޤީކުރަންނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ޢިއުލާންކުރައްވައިފިއެވެ.

ރާއްޖޭގައި ފާހަގަކުރާ އިންޖިނިއަރިންގ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވަނީ، އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ދިރާސާތަކާއި ތަހުލީލުތައް އެ ލެބޯޓަރީގައި ދިވެހި ދަރިވަރުންނަށާއި، ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސްޓޭޓް އޮފް ދި އާޓް ނުވަތަ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލިޓީގައި، ސިވިލް އިންޖިނިއަރުންނާއި  މެކޭނިކަލް އިންޖިނިއަރިންގއާއި އިލެކްޓްރިކަލް އިންޖިނިއަރިންގ އާއި އިލެކްޓްރޯނިކްސް އާއިސޮފްޓްވެއަރ އިންޖިނިއަރިންގ އާއި އެއަރކްރާފްޓް އިންޖިނިއަރިންގއާއި އެއިރޮނޮޓިކަލް އިންޖިނިއަރިންގ އާއި ރޮބޮޓިކްސް އިންޖިނިއަރިންގެ އިތުރުން އޭއައި ޑިޖިޓަލް އިންޖިނިއަރިންގެ ތަހުލީލުތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ލެބޯޓަރީގެ މަސައްކަތަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި، އިންވެސްޓްމަންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި އެ އެމަސައްކަތް ކުރައްވާނީ، ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައިކަމަށެވެ.

އޮގަސްޓް މަހުގެ 30 ވަނަ ދުވަހަކީ އިންޖިނިއަރިންގ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޗައިނާ ފްރެންޑްޝިޕް ބުރިޖް ރާއްޖޭގައި ހުޅުވި ދުވަހަށް ނިސްބަތް ކޮށެވެ. އެއީ ރާއްޖޭގައި މިހާތަނަށް ކުރި އިންޖިނިއަރިންގެ އެންމެ ބޮޑު މަސައްކަތާ ވެސް ގުޅުވައިގެންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޖިނިއއަރިން ދާއިރާއަށް އިތުރު ދިވެހިން ނެރެންޖެހޭކަމަށާއި އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއްކަމަށެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *