ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 17 އަހަރުން ދަށް: ފައިނަލަށް މާފުށީ ސްކޫލާއި އދ. އޭއީސީ

ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ ސެމީގައި އދ. މާފުށީ ސްކޫލާއި ދަރުމަވަންތަ ކުޅުނު މެޗްގެ ތެރެއިން: ފައިނަލުން ފުރުޞަތު ހޯދީ މާފުށީ ސްކޫލުން- ފޮޓޯ: އެފްއޭއެމް

ރާއްޖެ ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފައިނަލަށް މާފުށީ ސްކޫލާއި އދ. އަތޮޅު ތައުލީމީ މަރުކަޒު (އދ. އޭއީސީ) ހިނގެއްޖެއެވެ.

ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ ސެމީގައި އދ. އޭއީސީއާއި ކަލާފާނު ސްކޫލް ކުޅުނު މެޗްގެ ތެރެއިން: ފައިނަލުން ފުރުޞަތު ހޯދީ އދ. އޭއީސީން- ފޮޓޯ: އެފްއޭއެމް

އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި، އދ. އޭއީސީ ފައިނަލަށް ދިޔައީ ކަލާފާނު ސްކޫލާ ވާދަކޮށް 0-1ން  މޮޅުވެގެންނެވެ. ސެމީގެ ދެވަނަ މެޗްގެ ފުރިހަމަ ވަގުތު ނިމުނުއިރު ދަރުމަވަންތަ ސްކޫލާއި މާފުށީ ސްކޫލް 2-2ން ވީ އެއްވަރެވެ. މާފުށީ ސްކޫލަށް ފައިނަލް ކަށަވަރުވީ ޕެނަލްޓީގައި ދަރުމަވަންތަ ސްކޫލުގެ މައްޗަށް 5-6 ގެ ތަފާތަކުން މޮޅުވެގެންނެވެ.

މި އުމުރުފުރައިގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *