ރާއްޖެ ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފައިނަލަށް މާފުށީ ސްކޫލާއި އދ. އަތޮޅު ތައުލީމީ މަރުކަޒު (އދ. އޭއީސީ) ހިނގެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި، އދ. އޭއީސީ ފައިނަލަށް ދިޔައީ ކަލާފާނު ސްކޫލާ ވާދަކޮށް 0-1ން މޮޅުވެގެންނެވެ. ސެމީގެ ދެވަނަ މެޗްގެ ފުރިހަމަ ވަގުތު ނިމުނުއިރު ދަރުމަވަންތަ ސްކޫލާއި މާފުށީ ސްކޫލް 2-2ން ވީ އެއްވަރެވެ. މާފުށީ ސްކޫލަށް ފައިނަލް ކަށަވަރުވީ ޕެނަލްޓީގައި ދަރުމަވަންތަ ސްކޫލުގެ މައްޗަށް 5-6 ގެ ތަފާތަކުން މޮޅުވެގެންނެވެ.
މި އުމުރުފުރައިގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.
advertisment
ހިޔާލު