ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ މެއި އިންޓޭކަށް ކުރިމަތިލުމަށް ހުޅުވާލެވުނު މުއްދަތު، 2026 މެއި 16 ގެ ނިޔަލަށް އެ ކޮލެޖުން އިތުރުކޮށްފިއެވެ. މި އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ހުޅުވާލެވިފައިވާ ޕްރޮގްރާމްތައް
މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އިންޖިނިއަރިންގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)، ނަރސިންގ، ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ލޯ، ޝަރީޢާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ޑިގްރީތައް ރާއްޖޭގައި
ވިލާ ކޮލެޖުން ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ޑިގްރީތައް ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަރސިޓީ، އަދި މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެއެވެ. މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ބިނާ ކުރުން
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓަރންޝިޕް، އެކްސްޓަރންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގޭ ޕާޓްނަރޝިޕްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ޤާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ.
ދަރިވަރުންނަށް ފޯރުކޮށްދެވޭ ކިޔެވުމާއި ގުޅުން ހުރި ލާރނިންގ ސަޕޯޓް އާއި އެހެނިހެން ވަސީލަތްތައް
ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދީ އަދި ދަރިވަރުންގެ ކިޔެވުމުގެ މަރުހަލާއަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދުވަސްތަކެއްކަމަށް ހެދުމަށް ވިލާ ކޮލެޖުން ޚާއްޞަ އިސްކަމެއްދެއެވެ. މިގޮތުން:
- ލާރނިންގ ސަޕޯޓް ބޭނުންވާ ހުރިހާ ދަރިވަރުންނަށް ގްރޫޕްކޮށް އަދި ވަކިވަކިން ލާރނިންގް ސަޕޯރޓްގެ ޚިދުމަތް
- ޕިއަރ-އެސިސްޓެޑް ލާރނިންގ
- ވީ-ކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
- ދަރިވަރުންނަށް ޚާއްޞަ ޖިމް ފެސިލިޓީ އަކާއި ކެމްޕަސް ތެރޭގައި އެހެނިހެން ކުޅިވަރުތައް
- ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ބޭނުން ކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި، ވީ އާރ، އާ އާރު ހިމެނޭހެން ތައްޔާރުކުރެވިފައިވާ ލާރނިންގ ހަބް
- އެކި އެކި ޕްރޮގްރާމްތަކަށް ޚާއްޞަ ކުރެވިފައިވާ 16 ލެބޯޓަރީ
ފްލެކްސިބަލް ސްޓަޑީ އޮޕްޝަންސް
ވިލާ ކޮލެޖުގެ ކްލާސްތައް ރާވާލެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެނެވެ. އެގޮތުން އިންޖިނިއަރިންގ، ޓީޗިންގ، ނަރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއްވެސް އޮންލައިންކޮށްވެސް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކަށް ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަންތައް ހޯދުމުގެ މަސައްކަތް
ވިލާ ކޮލެޖުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ، ފެންވަރު ރަނގަޅު ތަޢުލީމަކަށް ހެދުމަށެވެ. އެގޮތުން، ކޮލެޖުގެ އިންޖިނިއަރިންގ ދާއިރާގެ ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ 'އިންސްޓިޓިއުޝަން އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ' (IET) ގެ އެކްރެޑިޓޭޝަން ލިބިފައިވާ ޕްރޮގްރާމްތަކަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ވިލާ ކޮލެޖުގެ ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސް (ކިއު.އައި.އެސް.ބީ) އަށް ވަނީ ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމް (އެސްއޭކިއުއެސް) އެކްރެޑިޓޭޝަން ލިބިފައެވެ. މި ކާމިޔާބީއާއެކު، ވިލާ ކޮލެޖުގެ ކިއު.އައި.އެސް.ބީ ވެގެންމިދިޔައީ މި ޝަރަފު ލިބުނު ދިވެހިރާއްޖޭގެ ފުރަތަމަ މުއައްސަސާއަށެވެ. އެސްއޭކިއުއެސް އަކީ ދުނިޔޭގެ ފެންވަރުގައި ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރާ އޭއޭސީއެސްބީ، އީކުއިސް، އަމްބާ ފަދަ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ނިޒާމުތަކާ އެއް ފެންވަރެއްގައި، އޭޝިއާ ސަރަޙައްދުގައި ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރުމަށް ހިންގާ ނިޒާމެކެވެ. މި އެކްރެޑިޓޭޝަންގެ ދަށުން ކިއު.އައި.އެސް.ބީ އިން ހިންގާ ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާގެ މާސްޓަރސް ފެންވަރުގެ 5 ޕްރޮގްރާމާއި ބެޗްލަރސް ފެންވަރުގެ 8 ޕްރޮގްރާމާއިއެކު ޖުމްލަ 13 ޕްރޮގްރާމެއް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެ އެކްރެޑިޓްކުރެވިފައެވެ. މި އެކްރެޑިޓޭޝަންގެ ސަބަބުން، ވިލާ ކޮލެޖުގެ ދަރިވަރުންނަށް ލިބޭ ސަނަދުގެ އަގު ވަޒީފާގެ ބާޒާރުގައި އުފުލި، ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ.
ހަމައެހެންމެ، ވިލާ ކޮލެޖުގެ މާސްޓަރ އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (އެމް.އީ.އެލް.އެމް) ޕްރޮގްރާމުގެ އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް މޮޑިއުލްއަށް އިނގިރޭސިވިލާތުގެ ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕުގެ ރަސްމީ އެޕްރޫވަލް ވަނީ ލިބިފައެވެ. ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕަކީ 75 އަހަރުގެ ދިގު ތާރީޚަކާއި އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލީޑަރޝިޕް ދާއިރާގައި ޚިދުމަތް ކުރަމުންދާ ލީޑަރުންނާއި މެނޭޖަރުންނާއި ފަންނީ މާހިރުން ހިމެނޭ ބައިނަލްއަޤުވާމީ އިންސްޓިޓިއުޓެކެވެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ލީޑަރުންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމަކީ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ ލެވެލް 9 ގެ މާސްޓާޒް ފެންވަރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންނަށް ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕުގެ ސެޓިފިކެޓް އޮފް އެޗީވްމަންޓް ލިބުމާއި، އެ މުއައްސަސާގެ އެސޯސިއޭޓް ގްރޭޑް މެމްބަރޝިޕަށް ޝަރުތު ފުރިހަމަވެގެންދާނެއެވެ.
ވިލާ ކޮލެޖަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ތަޢުލީމީ މުއައްސަސާއެކެވެ. އެގޮތުން:
- ކިއުއެސް (QS) ސްޓާރ ރޭޓިންގ: ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަތީ ތަޢުލީމުގެ ރޭންކިންގ ކަމަށްވާ ކިއުއެސް ސްޓާރ ރޭޓިންގްގައި "އެމްޕްލޯޔަބިލިޓީ"، "އޮންލައިން ލާރނިންގ" އަދި "އެންވަޔަރަމަންޓަލް އިމްޕެކްޓް" އިން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ޙާޞިލުކޮށްފައިވެއެވެ.
- ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025: ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ޔުނިވަރސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ މި ރޭންކިންގްގައި ރާއްޖެއިން ހިމެނުނު ހަމައެކަނި މުއައްސަސާއަކީ ވިލާ ކޮލެޖެވެ. މި ރޭންކިންގްސްގައި ދުނިޔޭގެ މަތީ 20% ޔުނިވަރސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނެއެވެ.
- ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ މި ރޭންކިންގްގައި ހިމެނި، އޭޝިއާ-ޕެސިފިކް ސަރަޙައްދުން "ކްލާސް އެކްސްޕީރިއަންސް" އިން އެއްވަނަ މަޤާމު ޙާޞިލުކޮށްފައެވެ.
ކެރިއަރ ގައިޑެންސް
ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖަށް ގުޅުއްވުމުން ނުވަތަ ކެމްޕަހަށް ޒިޔާރަތް ކުރުމުން ކެރިއަރ ގައިޑެންސްގެ ފުރުޞަތު ހަމަޖެހިގެން ދާނެއެވެ.
އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީޚު: 16 މެއި 2026
އޮންލައިން އެޕްލިކޭޝަން www.villacollege.edu.mv : މެދުވެރިކޮށް ހުށައެޅޭނެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3303200
އީމެއިލް: info@villacollege.edu.mv
advertisment
ހިޔާލު