ޒަކާތު ފަންޑު ސްކޮލަރޝިޕަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ފަންޑުން ސްކޮލަރޝިޕް ތައާރަފު ކުރީ 2018 ވަނަ އަހަރު ނަމަވެސް ސްކޮލަރޝިޕް ދޭން ފެށީ މިދިޔަ އަހަރުއެވެ. ޒަކާތު ހައުސްއިން މިދިޔަ އަހަރު 50 ސްކޮލަރޝިޕް ދީފައިވެއެވެ. 50 ސްކޮލަރޝިޕްގެ ތެރެއިން 20 ފުރުޞަތު ދިނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ދިނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ.
ޕީއެސްއެމް ނިސްއާ ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވެފައި ވަނީ ޒަކާތު ފަންޑުން ސްކޮލަރޝިޕް ދެނީ އިސްލާމީ ޢިލްމު ފުޅާކުރުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިޔަވައިގެން ޤައުމަށް ޚިދުމަތް ކުރުމަށެވެ.
އޭނާ ވިދާޅުވީ، އަލަށް އެކުލަވާލި ޒަކާތު ހައުސްގެ ޤާނޫނާއެކު ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލްތައް އެކުލަވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ޒަކާތު ފަންޑު ބޭނުން ކުރަން އިސްކަންދެއްވާ ކަމަށެވެ.
މިދިޔަ އަހަރު އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށްދޭ ފުލް ސްކޮލަރޝިޕް ވަނީ 17 ދަރިވަރަކަށެއެވެ. އޭގެތެރޭގައި މެލޭޝިއާއާ ބުރުނާއީގައި ކިޔެވުމަށް ދިން 17 ފުރުސަތު ހިމެނެއެވެ. އަދި ޚާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް ދީފައިވެއެވެ.
advertisment
ހިޔާލު