ޑަބްލިޔުޑީސީއާއި އެމްއެންޔޫ ކެޕްސް ގުޅިގެން ތިނަދޫގައި ފޮތް މައުރަޒެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.
މި މައުރަޒު ކުރިއަށް ގެންދަނީ ޖަނަވަރީ 30ން ފެބުރުވަރީ އެއްވަނަ ދުވަހަށެވެ.
މި މައުރު ބާއްވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ފޮތްލިޔުންތެރިން ތަފާތު ބަސްބަހުން ލިޔެފައިވާ ފޮތްތައް ކިޔުންތެރިންނަށް އެއްތަނަކުން ފޯރުކޮށްދީ ފޮތް ކިޔުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައެވެ.
ހިލޭ ބައިވެރިވެވޭ މި މައުރަޒުގައި ފޮތް ލިޔުންތެރިއެއްގެ ގޮތުގައި ނޫނީ ފޮތް ފިހާރައެއްގެ ހައިސިއްޔަތުން ވެސް ބައިވެރިވެވެއެވެ. ބައިވެރިވާންޖެހެނީ ފޯމް އެއް މެދުވެރިކޮށެވެ.
ތިނަދޫ ޑަބްލިޔުޑީސީއާއި ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ގުޅިގެން މިފަދަ ގިނަ ހަަރަކާތްތަކެއް އެރަށުގައި އަންނަނީ ބާއްވަމުންނެވެ.
advertisment
ހިޔާލު