ތިނަދޫ ޑަބްލިޔުޑީސީއާއި އެމްއެންޔޫ ކެމްޕަސް ގުޅިގެން އެރަށުގައި ފޮތް މައުރަޒެއް ބާއްވަނީ

ޑަބްލިޔުޑީސީއާއި އެމްއެންޔޫ ކެޕްސް ގުޅިގެން ތިނަދޫގައި ފޮތް މައުރަޒެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މައުރަޒު ކުރިއަށް ގެންދަނީ ޖަނަވަރީ 30ން ފެބުރުވަރީ އެއްވަނަ ދުވަހަށެވެ.

މި މައުރު ބާއްވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ފޮތްލިޔުންތެރިން ތަފާތު ބަސްބަހުން ލިޔެފައިވާ ފޮތްތައް ކިޔުންތެރިންނަށް އެއްތަނަކުން ފޯރުކޮށްދީ  ފޮތް ކިޔުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައެވެ.

ހިލޭ ބައިވެރިވެވޭ މި މައުރަޒުގައި ފޮތް ލިޔުންތެރިއެއްގެ ގޮތުގައި ނޫނީ ފޮތް ފިހާރައެއްގެ ހައިސިއްޔަތުން ވެސް ބައިވެރިވެވެއެވެ. ބައިވެރިވާންޖެހެނީ ފޯމް އެއް މެދުވެރިކޮށެވެ.

ތިނަދޫ ޑަބްލިޔުޑީސީއާއި ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ގުޅިގެން މިފަދަ ގިނަ ހަަރަކާތްތަކެއް އެރަށުގައި އަންނަނީ ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *