އެމްއެންޔޫގެ ކުޑަހުވަދޫ ސެންޓަރުގައި އަންނަ އަހަރު ފުރަތަމަ ޓާމުގައި ހިންގާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ބުނީ، މި ކޯސްތަކަކީ ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ކޯސްތަކެއް ކަމަށެވެ.
ކުޑަހުވަދޫ ސެންޓަރުގައި ހިންގާ ކޯސްތަކަކީ:
- މާސްޓަރސް އޮފް އެޑިޔުކޭޝަން ( ތައުލީމީ މެނޭޖްމަންޓް އަދި ލީޑަރޝިޕް)
މި ކޯސް ހިންގަނީ ފުލްޓައިމް އަދި ބްލެންޑެޑް ނިޒާމަށެވެ. ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ) އެވެ.
- މަތީ ސެޓްފިކެޓް އިން ޝަރީޢާ އަދި ޤާނޫނު
ފުލްޓައިމްކޮށް ހަވީރިގެ ވަގުތުގައި ކިޔަވައިދޭ މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ) އެވެ.
- މަތީ ސެޓްފިކެޓް އިން މެނޭޖްމަންޓް
ފުލްޓައިމްކޮށް ހަވީރިގެ ވަގުތުގައި ކިޔަވައިދޭ މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ) އެވެ.
- މަތީ ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް ( ސައިންސް)
ފުލްޓައިމްކޮށް ހަވީރިގެ ވަގުތުގައި ކިޔަވައިދޭ މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ) އަށެވެ.
- ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް ( ބިޒްނަސް)
މި ޕްރޮގްރާމަށް ވަނުމުގެ ޝަރުޠަކީ ޚިޔާރު ކުރާ ޑިގްރީ ޕްރޮގްރާމަށް ވަނުމުގެ މިންގަނޑެވެ. މި ކޯހުގައި ކިޔެވައިދެނީ ފުލްޓައިމްކޮށް ހަވީރުގެ ވަގުތުގައެވެ. މުއްދަކީ އެއް އަހަރު ދުވަސް ، ދެ ސެމެސްޓަރއެވެ.
- ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ހިއުމެނިޓީޒް)
މި ޕްރޮގްރާމަށް ވަނުމުގެ ޝަރުޠަކީ ޚިޔާރު ކުރާ ޑިގްރީ ޕްރޮގްރާމަށް ވަނުމުގެ މިންގަނޑެވެ. މި ކޯހުގައި ކިޔެވައިދެނީ ފުލްޓައިމްކޮށް ހަވީރުގެ ވަގުތުގައެވެ. މުއްދަކީ އެއް އަހަރު ދުވަސް ، ދެ ސެމެސްޓަރއެވެ.
އެމްއެންޔޫއިން ބުނީ، މި ޕްރޮގްރާމަކީ ކުޑަހުވަދޫއާއި ވަށައިގެންވާ ރަށްރަށުގެ ރައްޔިތުންގެ ތަޢުލީމީ އަދި ފަންނީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކޯސްތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމާއި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވާ ހުނަރުތަކާއި ޤާބިލުކަން ލިބިގެންދާނެ ޕްރޮގްރާމްތަކެއް ކަމަށެވެ.
މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
advertisment
ހިޔާލު