އެސްއެސްސީ ދިވެހިން ފާސްވާނެ މަގު" ނެރެނީ

"އެސްއެސްސީ ދިވެހިން ފާސްވާނެ މަގު"ގެ ނަމުގައި ސާނަވީ ދަރިވަރުންނަށް ޚާއްޞަ ފޮތުގެ ދެވަނަޗާޕު އަންނަ ހަފުތާގައި ބާޒާރަށް ނެރޭނެއެވެ. މި ފޮތަކީ ދިވެހިބަސް ކިޔަވައިދިނުމުގެ ފަންނުގައި 20 އަހަރު ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު ޝަރީފު، އުދަރެސް،ތ.ގުރައިދޫ ލިޔުއްވާފައިވާ ފޮތެކެވެ. އޭނާއަކީ ރާއްޖޭގެ ތަފާތު އެކި އަތޮޅުތަކާއި ރަށްރަށުގެ ސާނަވީ އަދި މަތީސާނަވީ ދަރިވަރުންނަށް ކިޔަވައިދެއްވާފައިވާ ދިވެހިބަހުގެ ހާއްޞަ މުދައްރިސެކެވެ.  ފޮތް ޕްރޫފްރީޑް ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި ދިވެހިރާއްޖޭގެ މިޒަމާނުގެ އެންމެބޮޑު ދިރާސީ ޢިލްމުވެރިޔާ ޑރ. ޙަސަންޙަމީދެވެ. އަދި ފަންނީ ގޮތުން އެންމެބޮޑު އެހީތެރިކަމެއް ވެދެއްވާފައިވަނީ ސ. ފޭދޫ، ދުންފިނިގޭ އަހުމަދު މިހާދެވެ. އޭނާއަކީ ޒަމާންތަކެއް ވަންދެން ދިވެހިބަސް އުނގަންނައިދެއްވި ބަހުގެ އުސްތާޛެކެވެ. ދިވެހިބަހުގެ މިޒަމާނުގެ އަމީރު ކުރީގެ ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ވިދާޅުވެފައިވަނީ މިފޮތަކީ ކިޔަވާކުދިންނަށް އަގުހުރި މުތެއްކަމުގައެވެ.

މި ފޮތުގައި، ސާނަވީ ދަރިވަރުންނަށް ދިވެހި މާއްދާއިން، ލިޔުންތެރިކަމުގެ ގޮންޖެހުންތަކާއި، ދޭހައާއި ޚުލާސާ ކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދީފައިވެއެވެ.

މި ފޮތުން މަޒުމޫނުގެ ތަފާތު ބާވަތްތަކުގެ ލިޔުންތަކާއި، ސިޓީއާއި ވާހަކައާއ، އިރުޝާދުދޭ ލިޔުމުގެ އިތުރުން، ރިކަރަންޓް ފަދަ ލިޔުންތަކުގެ އޮނިގަނޑުތަކާއި ނަމޫނާތައް ފަސޭހައިން ދަސްވެގެންދާނެއެވެ. އަދި ފަރިތަކުރުންތަކުގެ އިތުރުން މާކުކުރާ މިންގަނޑުތައް އެނގިގެންދާނެއެވެ. ލިޔުންތެރިކަމުގެ އޮނިގަނޑުތަކާ އެއްގޮތަށް ލިޔަން ދަސްވުމަކީ އިމްތިޙާނުން މަތީ ނަތީޖާއެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި މި ފޮތުގެ އެހީގައި ދިވެހި މާއްދާއިން އެންމެ މޮޅު ދަރިވަރަށް ވުމަށް މަސައްކަތް ކުރެވޭނެ ކަމަށް ބަހުގެ އުސްތާޛު މުޙައްމަދު ޝަރީފު ވިދާޅުވެފައިވެއެވެ.

މުޙައްމަދު ޝަރީފަކީ އެސްއެސްސީ ޤައުމީ އިމްތިޙާނުތައް ސާފުކުރެއްވުމުގެ ތަޖުރިބާކާރެކެވެ. ދިވެހިބަހުގެ ޑިޕްލޮމާ، ބެޗްލަރސް އަދި މާސްޓަރސް ފެންވަރަށް ކިޔަވާ ވިދާޅުވެފައި ވެއެވެ.  މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަތީ ސާނަވީގެ ދިވެހި މާއްދާއަށް އަމާޒުކޮށްގެން އެޗްއެސްސީއަށް ޚާއްޞަ ފޮތެއް އެކުލަވައިލެއްވުމުގެ މަސައްކަތެވެ.

"އެސްއެސްސީ ދިވެހިން ފާސްވާނެ މަގު" މި ފޮތް ވިއްކަން ނިންމާފައި ވަނީ 100 ރުފިޔާއަށެވެ. ފޮތްގަންނަން ބޭނުންވާ ފަރާތްތަކުން 7430960 މި ނަމްބަރަށް ގުޅުއްވުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *