ހުރަވީ ސްކޫލުގެ ވޮކޭޝަނަލް ހަބްގެ ގޮތުގައި ތަރައްޤީ ކުރި "ހުނަރު ވެހި"ގައި ހިންގި ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ. ހުރަވީ ސްކޫލުގައި ހުނަރު ވެހި ތަރައްޤީ ކުރީ އެމްއޭސީއެލްގެ އެހީތެރިކަމާއެކުގައެވެ. ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުޙައްމަދު މިހާދެވެ.

ހުރަވީ ސްކޫލުގެ ހުނަރު ވެހީގައި ކުރިއަށް ގެންދިޔައީ ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް އާއި ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގ އެވެ. 42 ދަރިވަރުން މި ދެ ކޯހުން ދަސްވެނިވިއިރު، އޭގެ ތެރޭގައި ހިމެނެނީ އިލެކްޓްރީ ދެ ކޯހުން ދަސްވެނިވި ދަރިވަރުންނާއި ފެޝަންޑިޒައިން ކޯހުގެ ތިން ބުރުން ދަސްވެނިވި ދަރިވަރުންނެވެ.
ހުނަރު ވެހި ތަރައްޤީ ކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ އެމްއޭސީއެލްއިންނެވެ. އަދި ކޯސްތައް ހިންގަން ވެސް އެކުންފުނީގެ އެހީތެރިކަން ހުރަވީ ސްކޫލަށް ލިބިފައިވެއެވެ.
advertisment
ހިޔާލު