މެލޭޝިއާގައި އޮތް ސްޕެޝަލް އޮލިމްޕިކްސް ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް ތިން ރިހި މެޑަލް

ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް ތިން ރިހި މެޑަލް ލިބިއްޖެއެވެ.

މެލޭޝިއާގެ ކުއާލަންޕޫރުގައި އޮތް މުބާރާތުން ރިހި މެޑަލް ހޯދީ، ފިރިހެނުންގެ ސިންގަލް 22-33 އަހަރާ ދެމެދުގެ ޓްރެޑިޝަނަލް ބެޑްމިންޓަންގެ ދެވަނަ ޑިވިޝަނުން އިބްރާހިމް ރަބީތުއެވެ. އަންހެން ޑަބަލް 16- 21 އަހަރާ ދެމެދުގެ ޔުނިފައިޑް ބެޑްމިންޓަންގެ ދެވަނަ ޑިވިޝަނުން ރިހިމެޑަލް ހޯދީ ބ. އޭދަފުށީ ރިވައިވަލް ސްޕޯޓްސްގެ މަރިޔަމް އީނާސް އިލްޔާސްއާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ އާމިނަތު ރައިޝާ އަލީއެވެ.

މި މުބާރާތުގައި 8 އެތްލީޓުން ރާއްޖެއިން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *