ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް ތިން ރިހި މެޑަލް ލިބިއްޖެއެވެ.
މެލޭޝިއާގެ ކުއާލަންޕޫރުގައި އޮތް މުބާރާތުން ރިހި މެޑަލް ހޯދީ، ފިރިހެނުންގެ ސިންގަލް 22-33 އަހަރާ ދެމެދުގެ ޓްރެޑިޝަނަލް ބެޑްމިންޓަންގެ ދެވަނަ ޑިވިޝަނުން އިބްރާހިމް ރަބީތުއެވެ. އަންހެން ޑަބަލް 16- 21 އަހަރާ ދެމެދުގެ ޔުނިފައިޑް ބެޑްމިންޓަންގެ ދެވަނަ ޑިވިޝަނުން ރިހިމެޑަލް ހޯދީ ބ. އޭދަފުށީ ރިވައިވަލް ސްޕޯޓްސްގެ މަރިޔަމް އީނާސް އިލްޔާސްއާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ އާމިނަތު ރައިޝާ އަލީއެވެ.
މި މުބާރާތުގައި 8 އެތްލީޓުން ރާއްޖެއިން ބައިވެރިވިއެވެ.
ހިޔާލު