ވިލާ ކޮލެޖުގެ ބެޗްލަރސް އޮފް ސިވިލް އިންޖިނިއަރިންގ ކޯހުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭނެ

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީގެ ފަރާތުން  އަލަށް ފަށާ މި ޕްރޮގްރާމް އަކީ ވޮޝިންގޓަން އެކޯރޑާއި އެލައިން ކުރެވިގެން ޑިޒައިން ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ މަތީ ތައުލީމެއް ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ. މިޕްރޮގްރާމަކީ އިންޖިނިއަރިންގެ ރޮނގުން ދިވެހި ހުނަރުވެރި ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ވިލާ ކޮލެޖުން ކުރަމުންދާ މުހިއްމު މަސައްކަތުގެ ބައެކެވެ.

މި ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ސަބަބުން ވިލާ ކޮލެޖުން ކުރިއަށް ގެންދާ ފައުންޑޭޝަން އިންޖިނިއަރިންގ ޕްރޮގްރާމް ފުރިހަމަކޮށްގެން ތިބި ކުދިންނަށްސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރުމަށް ކުރަމުން ދިޔަ ދިގު އިންތިޒާރަށް ނިމުމެއް ގެނުވާނެއެވެ. ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމަކީ މިދާއިރާއިން އިންޖިނިއަރުން ތަމްރީންކުރުމަށް ބޭނުންވާ ތިއަރީ އާއި ޕްރެކްޓިކަލްސް އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ، ކޮންޓެންޓްގެ ގޮތުން ވެސް ވަރަށް ފުރިހަމަ ޕްރޮގްރާމެކެވެ. އަދި މިފްރޮގްރާމުން، ދަށުން އިމާރާތްކުރުމުގެ މަޝްރޫއުތައް ޕްލޭންކޮށް، ޑިޒައިންކޮށް، އިމާރާތްކޮށް އަދި މެނޭޖްކުރުމުގެ ޤާބިލްކަން ހުރި ޕްރޮފެޝަނަލުން އުފައްދާނެއެވެ.

މިކޯހުގައި ސިވިލް އިންޖިނިއަރިންގ އާއި ގުޅުންހުރި ސްޕެޝަލިސްޓް ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ޖިއޯޓެކްނިކަލް އިންޖިނިއަރިންގ، އެންވަޔަރމެންޓަލް އިންޖިނިއަރިންގ، ވޯޓަރ، ހައިވޭ އިންޖިނިއަރިންގ، އަދި  ޓްރާންސްޕޮޓޭޝަން ބެހޭ މުހިއްމު ބައިތައް ކިޔަވައިދޭނެއެވެ. މިޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ބޭރުގެ ތަޖުރިބަކާރެއްގެ ބެލުމުގެ ދަށުން ރާއްޖޭގައި ތިބި މިދާއިރާގައި މަސައްކަތް ކުރައްވާ އެންމެ ގިނަ ދުވަސްވީ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ ދަށުންނެވެ.

" ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތް ފުޅާވަމުންދާއިރު، އެ ދާއިރާގައި ހުރި ކަންތައްތަކާއި ފުރުޞަތުތަކާއި އަދި މައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެ ދާއިރާއަށް ގެނެސްދެވޭ ހައްލެއްގެ ގޮތުން މިޕްރޮގްރާމް ފަރުމާކޮށްފައި ވަނީ"  ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮންޕިއުޓަރ ސައިންސްގެ ހެޑް، އުދުމާ އަބްދުލް ލަތީފް ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ދެއްވާ ޔަޤީން ކަމަކީ ރާއްޖޭގެ އެހެން އިންސްޓިއުޝަންތަކުން ކިޔަވައިދޭ އެފަދަ ޕްރޮގްރާމްތަކަށްވުރެ ވިލާގެ އެ ޕްރޮގްރާމުގެ ފެންވަރު އެތައް ގޮތަކުން ރަނގަޅުވާނެ ކަމެވެ.

މި ޕްރޮގްރާމްގެ ދަށުން ޒަމާނީ ލެބޯޓްރީތަކާއި ޒަމާނީ ސިމިއުލޭޝަން ޓޫލްސްތައް މެދުވެރިކޮށް އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީގެ ޢިލްމު ފޯރުކޮށްދެވިގެންދާނެއެވެ. އަދި ކޮމްޕްލެކްސް އިންޖިނިއަރިންގ މައްސަލަތަކަށް އުފެއްދުންތެރި އަދި އާ ހައްލުތައް ހޯދުމަށް ޢަމަލީ ގޮތެއްގައި ދަރިވަރުންގެ ސިކުނޑި ހޭނުމަށްޓަކައި ކެޕްސްޓޯން ޕްރޮޖެކްޓަކާއި މިނީ ޕްރޮޖެކްޓްތަކާއި ފައިނަލް އިޔަރ ޕްރޮޖެކްޓެއް ވެސް މިޕްރޮގްރާމްގައި ހިމެނިފައިވާނެއެވެ. އަދި މިޕްރޮގްރާމްގައި ހިމެނޭ އިންޑަސްޓްރިއަލް ޓްރޭނިންގ މޮޑިއުލްގެ ސަބަބުން ދަރިވަރުންނަށް މަސައްކަތުގެ ހަގީގީ މާހައުލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ވެސް އެހެނިހެން ސޮފްޓް ސްކިލްސްތައް ކަމަމުގައިވާ އެފެކްޓިވް ކޮމިއުނިކޭޝަނާއި ޕްރެޒެންޓޭޝަން ސްކިލްސްއާއި ޕްރޮފެޝަނަލް އެތިކްސްއާއި ސޭފްޓީ އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް މިޕްރޮގްރާމްގެ ތެރެއިން ދަސްވެގެން ދާނެއެވެ.

މިކޯހުން ދަސްވެނިވާ ދަރިވަރުންނަކީ ސީދާ ވަޒީފާއަށް ނުކުންނަށް ފައްކާވެފައިވާ ދަރިވަރުންތަކަކަށް ވާނެ ކަމުގެ ޔަޤީން ކަން ވިލާކޮލެޖުން ދެއްވައެވެ. މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *