ތިން އުމުރު ފުރައިން ސެމީއަށް ދިޔައީ އިސްކަންދަރާއި ހިރިޔާގެ އިތުރުން ޣިޔާޘުއްދީން
އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗްތައް މިއަދު ކުޅޭނެއެވެ. ތިން ސްކޫލަކުން ތިން އުމުރު ފުރައަކުން ސެމީގައި ވާން ކުރާ ވެއެވެ. އެއީ އިސްކަންދަރާއި ހިރިޔާގެ އިތުރުން ޣިޔާޘުއްދީނެވެ. 13 އަހަރުން ދަށް، 15 އަހަރުން ދަށް، އަދި 17 އަހަރުން ދަށުގެ ސެމީގައި މި ސްކޫލުތަކުން ކުޅެއެވެ.
13 އަހަރުން ދަށުގެ ސެމީގެ ފުރަތަމަ މެޗްގައި އިސްކަންދަރު ސްކޫލް ކުޅޭނީ ޣިޔާޘުއްދީނާއެވެ. ދެވަނަ މެޗްގައި ހިރިޔާ ސްކޫލް ކުޅޭނީ ރެހެންދި ސްކޫލާއެވެ.
ޣިޔާޘުއްދީން ސެމީއަށް އައީ ކުއާޓަރގައި އިމާދުއްދީނު އަތުން މޮޅުވެގެންނެވެ. އިސްކަންދަރު އައީ ކަލާފާނު އަތުން މޮޅުވެގެންނެވެ. ރެހެންދި އައީ ތާޖުއްދީނު އަތުން މޮޅުވެގެންނެވެ. ހިރިޔާ އައީ ކުއާޓަރގައި ޖަމާލުއްދީން އަތުން މޮޅުވެގެންނެވެ.
15 އަހަރުން ދަށުގެ ސެމީގެ ފުރަތަމަ މެޗްގައި ކުޅޭނީ އިސްކަންދަރާއި ޣިޔާޘުއްދީނާއެވެ. ދެވަނަ މެޗްގައި ކުޅޭނީ ހިރިޔާއާއި އަޙްމަދިއްޔާއާއެވެ.

އިސްކަންދަރު ފައިނަލަށް އައީ ކުއާޓަރގައި ޖަމާލުއްދީނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޣިޔާޘުއްދީން އައީ ރެހެންދި އަތުން މޮޅުވެގެންނެވެ. ހިރިޔާއިން ތާޖުއްދީނުގެ މައްޗަށް ކުރި ހޯދިއިރު ކަލާފާނު ކުރި ހޯދީ އަޙްމަދިއްޔާގެ މައްޗަށެވެ.
17 އަހަރުން ދަށުގެ ސެމީގެ ފުރަތަމަ މެޗުގައި އިސްކަންދަރު ނުކުންނާނީ އަމީނިއްޔާއާ ދެކޮޅަށެވެ. ދެ ވަނަ މެޗްގައި ހިރިޔާ ނުކުންނާނީ މި މުބާރާތުގެ އެންމެ ވާދަވެރި އެއް ސްކޫލްކަމަށް ވާ ޣިޔާޘުއްދީނާ ދެކޮޅަށެވެ.
advertisment
ހިޔާލު