އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް: މިއަދު ކުޅޭނީ ތިން އުމުރު ފުރައިގެ ސެމީ ފައިނަލް

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ޣިޔާޘުއްދީނާއި އިސްކަންދަރު ސްކޫލް ކުޅުނު މެޗެއްގެ ތެރެއިން- މި ދެ ޓީމުން ވެސް އަންނަނީ ހުރިހާ އުމުރު ފުރައެއްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން- ފޮޓޯ: ރިޝްވާން | ދަރިވަރު ނޫސް

ތިން އުމުރު ފުރައިން ސެމީއަށް ދިޔައީ އިސްކަންދަރާއި ހިރިޔާގެ އިތުރުން ޣިޔާޘުއްދީން

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗްތައް މިއަދު ކުޅޭނެއެވެ. ތިން ސްކޫލަކުން ތިން އުމުރު ފުރައަކުން ސެމީގައި ވާން ކުރާ ވެއެވެ. އެއީ އިސްކަންދަރާއި ހިރިޔާގެ އިތުރުން ޣިޔާޘުއްދީނެވެ. 13 އަހަރުން ދަށް، 15 އަހަރުން ދަށް، އަދި 17 އަހަރުން ދަށުގެ ސެމީގައި މި ސްކޫލުތަކުން ކުޅެއެވެ.

13 އަހަރުން ދަށުގެ ސެމީގެ ފުރަތަމަ މެޗްގައި އިސްކަންދަރު ސްކޫލް ކުޅޭނީ ޣިޔާޘުއްދީނާއެވެ. ދެވަނަ މެޗްގައި ހިރިޔާ ސްކޫލް ކުޅޭނީ ރެހެންދި ސްކޫލާއެވެ.

ޣިޔާޘުއްދީން ސެމީއަށް އައީ ކުއާޓަރގައި އިމާދުއްދީނު އަތުން މޮޅުވެގެންނެވެ. އިސްކަންދަރު އައީ ކަލާފާނު އަތުން މޮޅުވެގެންނެވެ. ރެހެންދި އައީ ތާޖުއްދީނު އަތުން މޮޅުވެގެންނެވެ. ހިރިޔާ އައީ ކުއާޓަރގައި ޖަމާލުއްދީން އަތުން މޮޅުވެގެންނެވެ.

15 އަހަރުން ދަށުގެ ސެމީގެ ފުރަތަމަ މެޗްގައި ކުޅޭނީ އިސްކަންދަރާއި ޣިޔާޘުއްދީނާއެވެ. ދެވަނަ މެޗްގައި ކުޅޭނީ ހިރިޔާއާއި އަޙްމަދިއްޔާއާއެވެ.

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ހިރިޔާއާއި ދަރުމަވަންތަ ސްކޫލް ކުޅުނު މެޗެއްގެ ތެރެއިން – ފޮޓޯ: ރިޝްވާން | ދަރިވަރު ނޫސް

އިސްކަންދަރު ފައިނަލަށް އައީ ކުއާޓަރގައި ޖަމާލުއްދީނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޣިޔާޘުއްދީން އައީ ރެހެންދި އަތުން މޮޅުވެގެންނެވެ. ހިރިޔާއިން ތާޖުއްދީނުގެ މައްޗަށް ކުރި ހޯދިއިރު ކަލާފާނު ކުރި ހޯދީ އަޙްމަދިއްޔާގެ މައްޗަށެވެ.

17 އަހަރުން ދަށުގެ ސެމީގެ ފުރަތަމަ މެޗުގައި އިސްކަންދަރު ނުކުންނާނީ އަމީނިއްޔާއާ ދެކޮޅަށެވެ. ދެ ވަނަ މެޗްގައި ހިރިޔާ ނުކުންނާނީ މި މުބާރާތުގެ އެންމެ ވާދަވެރި އެއް ސްކޫލްކަމަށް ވާ ޣިޔާޘުއްދީނާ ދެކޮޅަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *