އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 16 އަހަރުން ދަށް އަންހެން، ޗެމްޕިއަންކަން ވެސް ފ. އަތޮޅު މަދަރުސާއަށް

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށް އަންހެން،ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއަށް ލިބުމުން ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.- ފައިނަލްގައި ކުނބުރުދޫ ސްކޫލްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުން. ފޮޓޓޯ: ރިޝްވާން | ދަރިވަރު ނޫސް

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށް އަންހެން، ޗެމްޕިއަންކަން ވެސް ފ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ. 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަނުންނަކީ ވެސް ފ. އަތޮޅު މަދަރުސާއެވެ.

މި ރޭ ކުޅުނު ފައިނަލުގައި ފ. އަތޮޅު މަދަރުސާ ޗެމްޕިއަންކަން ހޯދީ އދ. ކުނބުރުދޫ ސްކޫލާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. ފުރަމަ ސެޓް 9-25 ގެންދިޔައީ ފަސޭހަ ކަމާއެކުގައެވެ. ދެ ވަނަ ސެޓްގައި ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 21-25ންނެވެ. ފަހު ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 14-25ންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *