އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށް އަންހެން، ޗެމްޕިއަންކަން ވެސް ފ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ. 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަނުންނަކީ ވެސް ފ. އަތޮޅު މަދަރުސާއެވެ.
މި ރޭ ކުޅުނު ފައިނަލުގައި ފ. އަތޮޅު މަދަރުސާ ޗެމްޕިއަންކަން ހޯދީ އދ. ކުނބުރުދޫ ސްކޫލާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. ފުރަމަ ސެޓް 9-25 ގެންދިޔައީ ފަސޭހަ ކަމާއެކުގައެވެ. ދެ ވަނަ ސެޓްގައި ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 21-25ންނެވެ. ފަހު ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 14-25ންނެވެ.
advertisment
ހިޔާލު