ލާމު އިންޓަރސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. އަތޮޅު މަދަރުސާއަށް

ލާމަސީލު ލާމު އިންޓަރސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ. ފައިނަލުގައި އެޓީމުން ކުރި ހޯދީ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާ ވާދަކޮށް 9-12 ގެ ތަފާތަކުންނެވެ.

ލ. އަތޮޅު މަދަރުސާ ފައިނަލަށް ދިޔައީ ލ. އޭއީސީއާ ވާދަކޮށް 15-16ގެ ކުޑަ ތަފާތަކުން މޮޅުވެގެންނެވެ. ޙަމަދު ސްކޫލް ފައިނަލަށް ދިޔައީ ކަލައިދޫ ސްކޫލްއާ ވާދަކޮށް 7-14 ބޮޑު ތަފާތަކުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލ. އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރު 11 އާމިނަތު މާނާ ނާޒިމެވެ. އުއްމީދީ ކުޅުންތެރިޔަކީ ލ އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރު 5، އައިޝަތު އަލްމާންއެވެ. ފެއަރޕްލޭ ޓީމަކީ ލ. މާވަށު ސްކޫލެވެ.

މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ހުޅުންތެރިން:

އާމިނަތު މާނާ ނާޒިމް، (ޖާޒީ ނަމްބަރު 11 ) ލ. އަތޮޅު މަދަރުސާގެ

އައިޝަތު ލިވާ އިބްރާހިމް ( ޖާޒީ ނަމްބަރު 10) ލ. އަތޮޅު މަދަރުސާ

ސުމައްޔަތު ބިން އަބްދުލް ހަމީދު – ޖާޒީ ނަމްބަރު 10 ޙަމަދު ސްކޫލް

ނައުފާ ޒާހިރު – (ޖާޒީ ނަމްބަރު 9) ޙަމަދު ސްކޫލް

އާމިނަތު ލަޔާ އިބްރާހިމް  (ޖާޒީ ނަމްބަރު 7 ) ލ. އަތޮޅު މަދަރުސާ

މާޝާ މުހައްމަދު – ( ޖާޒީ ނަމްބަރު 5 ) ޙަމަދު ސްކޫލް

ހައްވާ ސަދާ – ( ޖާޒީ ނަމްބަރު 1 ) ލ. އަތޮޅު މަދަރުސާ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *