ލާމަސީލު ލާމު އިންޓަރސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ. ފައިނަލުގައި އެޓީމުން ކުރި ހޯދީ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާ ވާދަކޮށް 9-12 ގެ ތަފާތަކުންނެވެ.
ލ. އަތޮޅު މަދަރުސާ ފައިނަލަށް ދިޔައީ ލ. އޭއީސީއާ ވާދަކޮށް 15-16ގެ ކުޑަ ތަފާތަކުން މޮޅުވެގެންނެވެ. ޙަމަދު ސްކޫލް ފައިނަލަށް ދިޔައީ ކަލައިދޫ ސްކޫލްއާ ވާދަކޮށް 7-14 ބޮޑު ތަފާތަކުންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލ. އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރު 11 އާމިނަތު މާނާ ނާޒިމެވެ. އުއްމީދީ ކުޅުންތެރިޔަކީ ލ އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރު 5، އައިޝަތު އަލްމާންއެވެ. ފެއަރޕްލޭ ޓީމަކީ ލ. މާވަށު ސްކޫލެވެ.
މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ހުޅުންތެރިން:
އާމިނަތު މާނާ ނާޒިމް، (ޖާޒީ ނަމްބަރު 11 ) ލ. އަތޮޅު މަދަރުސާގެ
އައިޝަތު ލިވާ އިބްރާހިމް ( ޖާޒީ ނަމްބަރު 10) ލ. އަތޮޅު މަދަރުސާ
ސުމައްޔަތު ބިން އަބްދުލް ހަމީދު – ޖާޒީ ނަމްބަރު 10 ޙަމަދު ސްކޫލް
ނައުފާ ޒާހިރު – (ޖާޒީ ނަމްބަރު 9) ޙަމަދު ސްކޫލް
އާމިނަތު ލަޔާ އިބްރާހިމް (ޖާޒީ ނަމްބަރު 7 ) ލ. އަތޮޅު މަދަރުސާ
މާޝާ މުހައްމަދު – ( ޖާޒީ ނަމްބަރު 5 ) ޙަމަދު ސްކޫލް
ހައްވާ ސަދާ – ( ޖާޒީ ނަމްބަރު 1 ) ލ. އަތޮޅު މަދަރުސާ
advertisment
ހިޔާލު