ހއ.އޭއީސީގެ ވޯކްވޭ އަންނަ ދިރާސީ އަހަރު ނިންމުމަށް މަސައްކަތް ކުރަނީ

ހއ.އޭއީސީގެ ވޯކްވޭގެ މަސައްކަތްތަކުގެ ތެރެއިން؛- ފޮޓޯ: ހއ.އޭއީސީ

ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ސްކޫލް ވޯކްވޭގެ މަސައްކަތްތައް ނިންމުމަށް، އެސްކޫލުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ރަށު ކައުންސިލާއި، އަތޮޅު ކައުންސިލް، ޕީޓީއޭ ގެ ފަރާތްތައް، ބެލެނިވެރިން، ސްކޫލް ސްޓާފް އަދި ދިއްދޫ ކައުންސިލް މުނިސިޕަލް ސްޓާފުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ހއ.އޭއީސީގެ ޕްރިންސިޕަލް އަބްދުއްﷲ ނާހިދް ވިދާޅުވިއެވެ.

ހއ.އޭއީސީގެ ވޯކްވޭގެ މަސައްކަތްތަކުގެ ތެރެއިން؛- ފޮޓޯ: ހއ.އޭއީސީ

ވޯކްވޭ ގެ މަސައްކަތް 2020 ވަނަ އަހަރު ފަށާފައިވީނަމަވެސް، ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އެ މަސައްކަތް ހުއްޓި، އަނެއްކާވެސް އެ މަސައްކަތް ވަނީ ފެށިފައެވެ. ވޯކްވޭގެ މަސައްކަތް އަންނަ ދިރާސީ އަހަރަށް ނިންމުމަށް އަމާޒުކުރައްވާކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހއ.އޭއީސީގެ ވޯކްވޭގެ މަސައްކަތްތަކުގެ ތެރެއިން؛- ފޮޓޯ: ހއ.އޭއީސީ

ވޯކްވޭގެ އިތުރުން، އެޑިޔުކޭޝަން މިނިސްޓްރީންވެސް ދަނީ އެ ސްކޫލުގައި 12 ކްލާސްރޫމާއި އޮފިސް އަދި ސްޓާފްރޫމް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 970 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާއިރު، އެ ސްކޫލުގައި ކިޔަވައިދެނީ ފައުންޑޭޝަން ސްޓޭޖުން ގްރޭޑް ދިހައަކާ ހަމަޔަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *