ވިލާ ކޮލެޖުގެ ޑިޕްލޮމާ އިން ނަރސިންގް ހަދާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ސްރީލަންކާގެ ޑަރޑަންސް ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފަށައިފިއެވެ.

މި ކުދިން މި ހޮސްޕިޓަލްގައި ހަރަކާތްތެރި ވަމުންދާނީ އައިސީޔޫގައާއި، އެ ހޮސްޕިޓަލްގެ މައި އޮޕަރޭޝަން ތިއޭޓަރ ތަކުގައިއާއި އިމަރޖެންސީ ޔުނިޓްގައާއި އަދި މީގެ އިތުރުން އޮންކޮލޮޖީ ޑިޕާޓްމަންޓްގައެވެ.
މީގެ އިތުރުން ތަޖުރިބާ ހޯދުމުގެ މިދަތުރުގައި އެކުދިން ހާއްސަ ލެކްޗަރއެއްގައި ބައިވެރި ވުމަށް ސްރީލަންކާގެ އަމަރަކް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް އަށްވެސް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކޮވިޑްގެ މިހާލަތުގައި އެކުދިންނަށް މި އަމަލީ ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ވިލާކޮޖުގެ އެފްއެޗްއެސް ޓީމުންވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ދަރިވަރުންވެސް މިފަދަ ފުރުސަތެއް ލިބުނުކަމަށްޓަކައި ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.
advertisment
ހިޔާލު