އިރުޝާދިއްޔާ ސްކޫލުގެ އިގިރޭސި ޑިޕާޓްމަންޓްގެ ފަރާތުން އަހަރީ ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.
މިއީ ކީ ސްޓޭޖް ވަކިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ކޮންމެ ކީ ސްޓޭޖްތަކަށް ވެސް ވަކި މައުޝޫއެއް ވަނީ ދެވިފައެވެ. ދަރިވަރުން ވާހަކަ ދައްކާފައިވަނީ އެ މައުޝޫތަކަށެވެ
ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ މީޑިއާ ކޯޑިނޭޓަރ އައިމިނަތު ނުހާ ވިދާޅުވީ މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ ކިބައިގައި މިހާރު ހުރި ހުނަރާއި އަދި އިތުރަށް އާ ހުނަރެއް ދަސްކުރުމާއި ކަންކަމަށް ކެރިގެން ކުރިމަތިލުމާއި އަދި އެކުދިންގެ ކިބައިގައި ހުރި އިތުރު ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރުމެވެ. މިއީ އެހެން މީހުންނާއި ވާހަކަ ދައްކަން ލިބޭ ފުރުސަތެއް ކަމަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި މައްސަލަތަކާއި އަދި ދުނިޔޭގައި ހިގާ ކަންކަން ވަރަށް ބޮޑަށް މިފަދަ މުބާރާތްތަކުން އެގިގެން ދާނެއެވެ.
ވަކި ވަކިންް ގްރޭޑް ތަކުގެ މެދުގައި ކުރިއަށް ގެންދިޔަ މައުޟޫތަކުގެ ތެރޭގައި ކަނޑައަޅާފައި ވަނީ ގުރޭޑްތަކަށް ވަކިންނެވެ. ގްރޭޑް 7ށް، އޮންލައިން ކުލާހުގެ ބަދަލުގައިި ފިޒިކަލް ކުލާސް، ގްޜޭޑް 8ށް ފެޝަަންއެއީ އެހާ މުހިއްމު އެއްޗެެއް ނޫން، ގްރާޑް 9ށް ރަގަޅު ނަތީޖާ ހޯދާ ކުދިންނަށް ރަގަޅު އިނާމް ދިނުން، ފަދަ މައުޟޫތައް ކަނޑައަޅާފައިވެއެވެ. ގުރޭޑް ދިހައެއްގެ ދަރިވަރުން ވާހަކަ ދެއްކީ ޕިއަރ ޕްރެޝަރގެ ސަބަބުން ކުދިންގެ ކުރިއެރުމަށް އެހީތެރިވެދިނުނާ ގުޅޭ ގޮތުންނެވެ.
advertisment
ހިޔާލު