1980 ގައި ރެޖިސްޓްރީ ކުރެވި، ތަރުބަވީ ރަނގަޅު ނިޒާމެއްގައި ގިނަ ދަރިވަރުންތަކަކަށް ކިޔެވުމުގެ ބިންގާއަޅައި އުނގަންނައިދެމުންދާ، ގއ. ގެމަނަފުށީ ސްކޫލަކީ ގިނަ އަހަރުތަކެއްވަންދެން ދެ ދަންފަޅިއަކަށް ކިޔަވައިދެމުންއައި ސްކޫލެކެވެ.
41 އަހަރަށްވުރެ ގިނަ އަހަރު އުނގަންނައިދިނުމުގައި ހޭދަކޮށްފައިވާ މި ސްކޫލަށް އިއްޔެ ލިބިގެންދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. 2021 ވަނަ އަހަރުގެ ދިރާސީ ދެވަނަ ޓަރމުގެ ކިޔެވުން ފެށުނު ދުވަހަކީ، ސްކޫލުގެ ތާރީޚުގައި ކުލަގަދަގޮތެއްގައި ނަން ފަވާލެވިގެންދިޔަ ދުވަހެކެވެ. ގެމަނަފުށީ ސްކޫލުގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ކެތްތެރިކަމާއެކު ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ބަދަލުވި ދުވަހެވެ.

ދެދަންފަޅިއަށް މީގެ ކުރިން ސްކޫލުގެ ކިޔެވުން ކުރިއަށްގެންދިޔައިރު، ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެންމެ ބޮޑު ދައްޗަކަށް ވެގެންދިޔައީ ދަރިވަރުންގެ އެކްސްޓްރާ ކްލާސްތައް ނެގުމުގައި ދިމާވި ޖާގައިގެ ދަތިކަމެވެ. މީގެ އިތުރުން، އިތުރު ހަރަކާތްތަކާއި ކުޅިވަރުތައް އިންތިޒާމްކުރުމުގައިވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
ހަމައެއާއެކު، ދެ ދަންފަޅީގައި މަސައްކަތްކުރާ މުދައްރިސުންގެ މެދުގައިވެސް ގޮންޖެހުންތައް ދިމާވެގެންދިޔައެވެ. ހޭދަކުރާ ވަގުތުތަކަށް ބަލައިލިކަމުގައިވިއަސް، ޕްރައިމެރީ ޓީޗަރުންގެ ގަޑިތައް ކުރުވެފައި ސެކަންޑްރީ ޓީޗަރުންގެ ގަޑިތައް ދިގުވުމުގެ ސަބަބުން، އެއްގަޑިއަކަށް ވަގުތުތައް ކަނޑައެޅިފައި ނެތުމުގެ ސަބަބުން، މެނޭޖްކުރުމުގައިވެސް ދަތިތަކެއް ދިމާވެފައިވެއެވެ.

އޭގެ އިތުރުން، ކުދިން ސްކޫލަށް ގެންދިއުމާއި، ބަލާދިއުމުގައި ބެލެނިވެރިންނަށްވެސް އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ.
ނަމަވެސް، ގެމަނަފުށީ ސްކޫލަށް ލިބުނު ތަރައްޤީއާއެކު، މި ކަންތައްތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެކަމީ ޝައްކެއްވެސް ނެތްކަމެކެވެ. 10 ކްލާސް ރޫމުގެ ދެ ބުރި އިމާރާތް އެޅިގެންދިޔުމަކީ، އެ ސްކޫލުގެ ޖާގައިގެ ދަތިތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަމެކެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ސައްދާމް ވިދާޅުވީ، އެއްދަންފަޅިއަކަށް ބަދަލުވުމުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެލެނިވެރިންނަށާއި ދަރިވަރުންނަށް ލިބުނު ލުއިފަސޭހަތަކެވެ. ސްކޫލަށް ދާންޖެހޭ އަދަދު މަދުވެވެގެން ދިޔަކަން ޕްރިންސިޕަލް ފާހަގަކުރައްވާ އަދި ޓީޗަރުންގެ ވަގުތުތަކާމެދު އުފެދުނު ކަންބޮޑުވުންތަކަށްވެސް މި ކްލާސް ރޫމްތަކުގެ ސަބަބުން ހައްލެއް ލިބިގެންދިޔަކަމަށް ވިދާޅުވިއެވެ.
ގިނަފަހަރު ބައެއް ބެލެނިވެރިން ހަތަރު ފަސް ފަހަރު އާދޭ ކުދިން ގޮވައިގެން. އެއްދަންފަޅިއަކަށް ބަދަލުވުމުން މި ކަންވެސް ފަސޭހަވެގެންދާނެކަމަށް. ދަރިވަރުންގެ އެކްސްޓްރާ ކްލާސްތަކާއި، އިތުރު ހަރަކާތްތަކާއި ކުޅިވަރުތައް އިންތިޒާމްކުރުމުގައި ފަސޭހަތަކެއް ލިބިގެންދިޔުމާއެކު، ޓީޗަރުންގެ ވަގުތުތަކާމެދު އުފެދޭ ކަންބޮޑުވުންތައްވެސް ފިލައިގެންދާނެކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ޕްރިންސިޕަލް ވިދާޅުވިއެވެ.

އެއްދަންފަޅިއަކަށް ކިޔަވައިދިނުމަށްޓަކައި، 2018 ވަނަ އަހަރު ފެށި މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކީ ކުރިއަށްގެންގޮސް، އަވަސް މުސްތަޤްބަލެއްގައި ދަރިވަރުންގެ ތަކުލީފުތަކަށް ލުއިކަމެއް ލިބުމުން، އެ ސްކޫލުން ވަނީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީއަށް، ޝުކުރު އަދާކޮށްފައެވެ.
367 ދަރިވަރުން ކިޔަވަމުންދާ ގެމަނަފުށީ ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ފައުންޑޭޝަން ސްޓޭޖުން ގްރޭޑް 10 އަކަށެވެ.
advertisment
ހިޔާލު