ރާއްޖެ "އީޕީއެސް" އަކަށް ބޭނުންވަނީ ކީއްވެ؟

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021" ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

ދާދި ފަހުން އީޕީއެސް ފައުންޑޭޝަނުން އިސްނަގައިގެން ބޭއްވި "ޚިދުމަތުގެ ހަވީރު" އަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ އިވެންޓެކެވެ. ފުރަތަމަ ކަމަކީ އެ ސްކޫލެވެ. ދެވަނަ ކަމަކީ އެ ސްކޫލުން ދީފައިވާ ތަޢުލީމާއި ތަރުބިއްޔަތެވެ. ތިންވަނަ ކަމަކީ އެ ސްކޫލުން ތަޢުލީމު ހާސިލްކޮށްފައިވާ ދަރިވަރުންނެވެ. މިހެން ދިގު ލިސްޓެއްވެސް ކިޔާލެވޭހާ އެ ސްކޫލު މުހިންމެވެ.

ހަތާވީސް ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކޮށްފައިވާ އެ ސްކޫލަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ސްކޫލެވެ. އެކަން އެނގިގެންދިޔައީ މި އިވެންޓްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެއްކެވި ވާހަކަތަކެވެ.

ހަފްލާގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކަކީ އެ ސްކޫލުން ކިޔެވި ދަރިވަރުންނާއި އަދި ހަމައެއާއެކު އޭރު މިކަންކަމަށް ހެކިވާނެ، އެތަނުގައި ކިޔަވައި ދެއްވި މުދައްރިސުންނާއި އެކި ޚިދުމަތްތެރިން ދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރެވުނު ވާހަކަފުޅު ތަކެކެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021″ ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

މީގެ ގާތްގަނޑަކަށް 52 އަހަރު ކުރިން، އީ.ޕީ.އެސް އުފެދިގެން އައީ، ދިވެހިރާއްޖެ، ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާ އެ ސްކޫލުގެ ކާމިޔާބީތަކާއި ފާހަގަކުރެވޭ ކަންތައްތައް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ދުރުވިސްނޭ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމަށް ލޯބިކުރައްވާ އޭރުގެ ދިވެހި ޒުވާނުންތަކެއް އިސްނަންގަވައިގެން ކުރެއްވި ވަރަށް މުހިންމު އަގުނުކުރެވޭވަރުގެ ބޮޑު ޚިދުމަތެއް އެއީ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އީ.ޕީ.އެސް. ސްކޫލްގެ ފައުންޑަރުންއެ ކޮށްދެއްވި ޚިދުމަތަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން.

1960ގެ އަހަރުތަކުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ރަނގަޅު ބޮޑެތި ކާމިޔާބު ޢަދަދުތަކެއްވެސް ގެނެވިފައި ހުރިއިރު ހަމައެއާއެކުގައި، އަޅުގަނޑުމެން މިއަދު އެ ދުވަހަށް ބަލާއިރުގައި، ކަންބޮޑުވާންޖެހޭވަރުގެ ބަދަލުތަކެއްވެސް ގެނެވިފައި އެބަހުއްޓެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021″ ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

މިއީ ރައީސްގެ ވާހަކަައިން ފާހަގަވި ތަންކޮޅެކެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ 1960ގެ ތެރޭގައި ފެށިގެން އައިއިރުގައި، އޭރުގެ ސަރުކާރުން އިންގްލިޝް މީޑިއަމަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށްޓެވިކަމަށާއި އެއީ ވަރަށް ރަނގަޅު ހެޔޮ ބަދަލެއްކަމަށެވެ. ސަރުކާރުގެ މަޖީދިއްޔާއާއި އަމީނިއްޔާއާއި، މޮންޓެސޫރީގައި އިންގްލިޝް މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވިއިރު އޭގެކުރިން ޒަމާނީ ތަޢުލީމު ބޭނުންވާ ކަމަށްވާނަމަ ދާންޖެހެނީ ރާއްޖެއިން ބޭރަށްކަންވެސް ފާހަގަކުރެއްވިއެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021″ ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

އެ ފުރުސަތަކީ މަދުބަޔަކަށް ލިބޭ ފުރުސަތަކަށްވާއިރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި، ވަކި ޢާއިލާތަކެއްގެ ދަރިންނަށާއި، ނޫނީ ފުދުންތެރި ޢާއިލާތަކުގެ ދަރިވަރުންނަށް ނޫނީ އެ ފުރުސަތު ނުލިބޭކަންވެސް ފާހަގަކުރެއްވިއެވެ.  އެހެންނަމަވެސް، އޭރު ސަރުކާރުން އެ ގެނައި ބަދަލުގެ ސަބަބުން މާލޭގައި ތިބެ، ރާއްޖޭގައި ތިބެ، އިންގްލިޝް މީޑިއަމަށް ޒަމާނީ ތަޢުލީމު ލިބުމުގެ ފުރުޞަތު، ދަރިވަރުންތަކަކަށް ލިބިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ގެންނެވި ބަދަލަކާއެކު މާލޭގެ އަވަށްތަކުގައި ހިނގަމުންދިޔަ ސްކޫލްތައް އުވާލުމުން އޭގެ ސަބަބުން މާލޭގައި ތަޢުލީމު ބޭނުންވެފައި ތިބި އެތައް ދަރިވަރުންނަކަށް، އެ ފުރުޞަތު ގެއްލިގެންދިޔައެވެ. އަދި ޚާއްސަކޮށް، ރާއްޖެތެރޭގެ ރަށްރަށުން ތަޢުލީމުގެ ބޭނުމުގައި މާލެ އަންނަ ކުދިންނަށް، އެއްވެސް ފުރުސަތެއް ނެތޭ ދެންނެވޭ ހިސާބަށް ތަޢުލީމީ ނިޒާމު އޮތީ އޭރު ހަނިކުރެވިފައިކަމަށްވެސް ވިދާޅުވިއެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021″ ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

1960ގެ އަހަރުތައް ނިމިގެންދިޔައިރުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރީ ގާތްގަނޑަކަށް 28 ސްކޫލެވެ.  އޭގެތެރޭގައި، ސަރުކާރުން އެހީވާ އެއްވެސް ސްކޫލެއް ނެތްކަމަށާއި މިއީ 1960ގެ އަހަރުތައް ނިމި، 1970ގެ އަހަރުތަކަށް ރާއްޖެ ކުރިމަތިލިއިރުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު އޮތް ޙާލަތުކަން ރައީސް ބަޔާންކުރެއްވިއެވެ.  ހަމައެކަނި ސަރުކާރުން ހިންގާ ސްކޫލްތަކެއްގެ ގޮތުގައި ހުރީ، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އޭރުގެ ނަމުންނަމަ، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021″ ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

މިފަދަ ޙާލެއްގައި ތަޢުލީމަށް ބޭނުންވެފައި ތިބި އެތައް ދަރިވަރުންނެއް ތިއްބައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޤައުމުދެކެ ލޯބިވާ، ރާއްޖޭގެ ތަޢުލީމަށް ލޯބި ކުރައްވާ ދަރިންތަކެއް ނުކުމެ، އީ.ޕީ.އެސް. ސްކޫލް، 1968 ވަނަ އަހަރު ވުޖޫދަށް ގެނައީ. ގާތްގަނޑަކަށް 83 ދަރިވަރުންނާއި، 13 ޓީޗަރުންނާ އެކުގައި މުޞްޠަފާ އަމިއްލަފުޅު ގޭގައި އެ ސްކޫލް ފެށްޓެވީ. މިއީ އީ.ޕީ.އެސް. ފެށިގެން އައިގޮތަކީ.

ރައީސް ސޯލިހު ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބުން ނޫންކަމަށާއި ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށްކަމަށްވެސް ވިދާޅުވިއެވެ. އީޕީއެސްއިން ްކޮށްދިންކަމަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ.

އީ.ޕީ.އެސް. އިން ކޮށްދިން ކަމަކީ އެއީ.  ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަޤީޤަތް އެއޮތީ ސާފުކޮށް ފެންނަން.

މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އީ.ޕީ.އެސް.ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދެއްވިކަމަށާއި މިއަދުގެ ނަމުންނަމަ، ވަށާޖެހޭ ތަޢުލީމު އޭރު ފެށިފައިވަނީ އީ.ޕީ.އެސް. އިންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައިކަމަށްވެސް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ "ޚިދުމަތުގެ ހަވީރު 2021″ ގެ ތެރެއިން. ފޮޓޯ. ރައީސް އޮފީސް

އެމަނިކުފާނުގެ ތަޢުލީމީ ހަޔާތް މާލޭގައި ފެށިގެންދިޔައީ އީ.ޕީ.އެސް ސްކޫލުންނެވެ. އެކަމަށް ވަރަށް ތަފްސީލުކޮށް އެ ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ ބައްލަވާލައްވާފައެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ކުރައްވަމުންދާ މަސައްކަތްތައް ބައްލަވާލައްވާ އީ.ޕީ.އެސް.ގެ ނަމާއި، އެ ކޮށްދިން ޚިދުމަތް ދާއިމަށް ދެމިގެންދާނެގޮތަކަށް އެ މަސައްކަތް ކުރަންޖެހޭނެކަންވެސް ފާހަގަކުރެއްވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *