އިބްރާހީމް އާދަމް
ޓެކްނޮލޮޖީ މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މަސައްކަތްތައް ކުރާގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. މިކަމުގައި ތަޢުލީމީ ދާއިރާ އިސްތިސްނާއެއް ނުވެއެވެ. 1990ގެ ފަހުކޮޅުގައި ކޮންމެ މަހަކުހެން ތަޢުލީމީ ދާއިރާއަށް އައު ޓެކްނޮލޮޖީއެއްވަނީ ތަޢާރަފް ކުރެވިފައެވެ. ޓެކްނޮލޮޖީ އުފައްދާ ފަރާތްތަކުގެ އަމާޒެއް ކަމުގައިވީ ވެސް ތަޢުލީމީ ދާއިރާގައި އެ ޓެކްނޮލޮޖީ ތަޖުރިބާކޮށް އޭގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިއެރުން ގެނެސްދިނުމެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ކިލާސްރޫމްތަކުގައި ބޭނުންކުރެވެނީ ޗޯކާއި ބޯޑުގެ ބަދަލުގައި އެކި ވައްތަރުގެ އޯޑިއޯވިޜުއަލް މީޑިއާތަކާއި ނެޓްވޯކް ނުވަތަ އިންޓަރނެޓާ ގުޅުންހުރި ރިސޯސްތަކެވެ. ދަރިވަރުން މިވަނީ އަތުން ލިޔެގެން ނޯޓު ނެގުން ދޫކޮށް ފަސޭހަކަމާއެކު އެންމެ ކްލިކަކުން އެތައް ބައިވަރު ރިސޯސްތަކަކަށް އެކްސަސްވެވޭ ވެބްސައިޓްތަކާއި ވެބްޓޫލްތަކަށް މިސްރާބު ބަދަލުކޮށްފައެވެ.
ދެން އުފެދޭ ސުވާލަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް މިހާ ބޮޑު އިސްކަމެއްދީ ބާރުއެޅިގެން މިދަނީ ކީއްވެގެން ހެއްޔެވެ؟ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ މިހާ ބޭނުންތެރި މިވަނީ ކީއްވެގެން ހެއްޔެވެ؟
ތަޢލީމީ ދާއިރާއަކީ ނުހަނު ހަލުއިކަމާއެކު ތަރައްޤީވަމުން ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމަށް ވެސް ބަދަލުތައް އާދެއެވެ. އެހެންނަމަވެސް 20 ވަނަ ޤަރުނުގައި ތަޢުލީމީ ދާއިރާއަށް އައި ބަދަލަކީ އިންޤިލާބީ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެއީ ޒަމާނުއްސުރެ ތަޢުލީމު ފޯރުކޮށްދިނުމުގައި ގެންގުޅެމުން އަދި ޤަބޫލުކުރަމުން އައި ގޮތްތަކަށް ބަދަލުތައް ގެނުވި ބަދަލެކެވެ. އެގޮތުން ތަޢުލީމަކީ މުދައްރިސުން އުނގަންނައިދޭ އުނގަންނައިދިނުން ކަމުގައި ދެކެމުން އައިގޮތް ބަދަލުވެ، ތަޢުލީމަކީ ދަރިވަރުން އެ ދަރިވަރުންނަށް އެނގޭ މިންވަރު ދައްކުވައިދިނުމުގެ ޤާބިލްކަން ހުރި މިންވަރުކަމުގައި ބަލައިގަނެވުނެވެ.

އިންސްޓްރަކްޝަން ޕެރަޑައިމްއަކުން ނުވަތަ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދޭ ހަމައެކަނި ފަރާތަކީ މުދައްރިސްކަމުގައި އޮތް ޤަބޫލުކުރުމަކުން ލާރނިންގ ޕެރަޑައިމްއަކަށް ނުވަތަ މުދައްރިސްގެ ދައުރަކީ މަގުދައްކައިދޭ ކޯޗެއްގެ ގޮތުގައި ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ބަދަލުވެގެން ދިޔައެވެ. މީގެ ސަބަބުން ދަރިވަރުންނަކީ ހަމައެކަނި މުދައްރިސް ފިލާވަޅު ނަގައިދޭއިރު އަޑުއަހަން ތިބޭ ޕެސިވް ލާރނާރސްގެ ބަދަލުގައި އަމިއްލައަށް އުނގެނުމުގެ އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އުޅޭ އެކްޓިވް ލާރނާރސްގެ ގޮތުގައި ބެލެވެން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން އުނގެނުމާއި އުނގަންނައި ދިނުމުގައި ދަރިވަރުން ގުޅިގެން އުނގެނުން ކުރިއަށްގެންދެވޭ ކޮލޭބަރޭޓިވް ލާރނިންގ ސްޓްރެޖީތަކާއި، ޕްރޮޖެކްޓް ބޭސްޑް ލާރނިންގ ސްޓްރެޓެޖީތައްފަދަ ސްޓޫޑެންޓް-ސެންޓާރޑް ލާރނިންގ އެޕްރޯޗްތައް ބޭނުން ކުރަން ފެށުނެވެ. އަދި މިފަދަ އުނގެނުމުގެ ހަރަކާތްތަކަކީ ދަރިވަރުންގެ ހަޔަރ އޯޑަރ ތިންކިންގ ސްކިލްތައް ކުރިއެރުވުމަށް އަމާޒުކުރެވޭ ހަރަކާތްތަކެއްގެ ގޮތުގައި ކުރިއަށް ގެންދާން ފެށުނެވެ. މިގޮތަށް ތަޢުލީމުދިނުމުގެ ވައްޓަފާޅި ބައްޓަންކުރުމަކީ ނުހަނު ފައިދާކުރަނިވި ކަމެއްގެ ގޮތުގައި އެތައް ދިރާސާވެރީންނެއްގެ ދިރާސާތަކުން ސާބިތުކޮށްދިނެވެ. މި ކަންކަމަށް މަގުފަހިކުރުވައި ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެހީތެރިވެދޭ ވަޞީލަތެއް ކަމުގައި ވެފައިވަނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ނުވަތަ އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުންކުރާ ޓެކްނޮލޮޖީއެވެ.
ތަޢުލީމީ ދާއިރާއަށް މިއައި އިންޤިލާބީ ބަދަލަކީ ހަމައެކަނި އުނގެނުމާއި އުނގަންނައި ދިނުމުގެ އެޕްރޯޗަށް އައި ބަދަލެއް ނޫނެވެ. މިކަމުގެ ސަބަބުން ކިލާސްރޫމްތައް ހަތަރުފާރުތެރެއިން ބޭރުވެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދެވުމުގެ ފުރުޞަތުތައް ހުޅުވިގެން ހިނގައްޖެއެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް ތަޢުލީމު ފޯރުކޮށްދިނުމަކީ ޤައުމީ ފެންވަރުގައި އިސްކަމެއްދީގެން ކުރިއަށް ގެންދާ ކަމެއްގެ ގޮތުގައި ޤައުމުތަކުން ކުރާން ފަށައިފިއެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި ދުނިޔެއަށް ލޯހުޅުވިފައިވާ ރައްޔިތެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ބެލެވި އެއީ އިންސާނީ ޙައްޤެއްގެ ގޮތުގައި ކަނޑައެޅިގެން ހިނގައްޖެއެވެ. އެހެންކަމުން އުނގެނުމަކީ ހަމައެކަނި ކިލާސްރޫމްތަކުގެ ހަތަރުފާރުން އެތެރޭގައި ކުރިއަށް ގެންދެވޭ ކަމެއްގެ ބަދަލުގައި ކޮންމެ ހިސާބެއްގައި ތިބެގެންވެސް ކުރިއަށްގެންދެވޭ ބައުންޑްރީލެސް ކަމެއްގެ ގޮތުގައި ވާންޖެހެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މި ކަންކަމަށް ފަހިކޮށްދެނީ ޓެކްނޮލޮޖީއެވެ. ޓެކްނޮލޮޖީގެ ބޭނުން ނުކޮށް މިކަން ކުރެވޭނެ ގޮތެއް ނެތެވެ. ވާރޗުއަލް ލާރނިންގ އާއި އޮންލައިން ލާރނިންގ އަދި ޑިސްޓެންސް އެޑިއުކޭޝަންގެ އަޑު މާގިނައިން އިވޭ ސަބަބަކީވެސް މިއީއެވެ.

ތަޢުލީމީ ނިޒާމުގެ ހިތަކީ ދަރިވަރުންނެވެ. އެހެންކަމުން އުނގަންނައިދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ކަރިކިއުލަމް ފުރިހަމައަށް ޑެލިވަރ ކޮށްދިނުމާއި އެކަރިކިއުލަމް ޑެލިވަރ ކޮށްދޭ އުނގެނުމުގެ މާހައުލު ފުރިހަމަ ކުރުމަށް ދަރިވަރުންގެ އުނގެނުމުގެ އިސްޓައިލާއި އެ ދަރިވަރުންގެ ޝަހްސިއްޔަތު ވަރަށް ރަނގަޅަށް އެނގުމަކީ މުހިއްމުކަމެކެވެ. އަދި މިއީ ދަރިވަރުންނަށާއި އުނގަންނައިދޭ ފަރާތަށް ވެސް އުނގެނުމުގެ ޕްރޮސަސް ރަނގަޅުކުރުމަށް ބާރުލިއްބައިދޭ ކަމެއް ވެސް މެއެވެ.
އެއް ޖީލުން އަނެއް ޖީލަށް ދަރިވަރުންގެ އުނގެނުމުގެ ވައްޓަފާޅި އަންނަނީ ބަދަލުވަމުންނެވެ. އެހެންކަމުން ދަރިވަރުންގެ އުނގެނުމުގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކަށް އަބަދުވެސް ގޮންޖެހުންތަކާ ދިމާވެއެވެ. ޚާއްޞަކޮށް އަދުގެ ޖީލަކީ ޑިޖިޓަލް ޒަމާނެއްގައި ޓެކްނޮލޮޖީގެ ތެރޭގައި ބޮޑެތިވާ، ޓެކްނޮލޮޖިއަށް ބަރޯސާވާ "ޑިޖިޓަލް ނޭޓިވްސް" ކަމުގައި ވީހިނދު، ޓެކްނޮލޮޖީ ކުރިއަރައިދާ ހަލުވި ބާރުމިނުގައި މި ޖީލުގެ ދަރިވަރުންނާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ޓަކައި ތަޢުލީމީ ނިޒާމު ބަދަލުވާންޖެހެއެވެ. އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖި ބޭނުން ކުރަންޖެހެއެވެ.
ނޯޓުފޮތުގައި އަތުން ލިޔުމަށްވުރެ ކިބޯޑު ބޭނުންކޮށްގެން ޓައިޕްކުރުމަށް އަދުގެ ޑިޖިޓަލް ޒަމާނީ ޖީލަށް މާ ފަސޭހައެވެ. ތަޤްރީރުކުރާ އިސްޓައިލަށް މުދައްރިސް ކިޔަވައިދޭ ކިޔަވައިދިނުން މަތިން އެ ކުދީން ފޫހިވެއެވެ. އެހެންކަމުން އެކްޓިވް ލާރނާރސްގެ ގޮތުގައި ސްޓޫޑެންޓް ސެންޓާރޑް އުނގެނުމުގެ މާހައުލެއްގައި އެ ކުދިން ޝައުގުވެރިކަމާއެކު ފިލާވަޅުގައި ބައިވެރިކުރުމަށް ޓަކައި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރަންޖެހެއެވެ. ޒަމާނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީތަކައި ޓޫލްތައް ބޭނުން ކުރުމުން މިހާރުގެ ދަރިވަރުންގެ އުނގެނުމުގެ ޕްރޮސަސް ފަސޭހަވެ އެކުދިންގެ އިންޓަރެކްޓިވިޓީ ނުވަތަ ޝައުގުވެރިކާމައެކު ބައިވެރިވުން އިތުރުވާކަމަށް ފަހުގެ ދިރާސާތަކުންވެސް ދައްކައެވެ. އެހެންކަމުން އުނގެނުމާއި އުނގަންނައިދިނުމަށް އައި ބަދަލާއި އަދުގެ ދަރިވަރުންގެ އުނގެނުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ ސަބަބުން އުނގެނުމައި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ މިވަނީ ކޮންމެހެން ބޭނުންކުރަން ޖެހިފައެވެ. ނާރސަރީއިން ފެށިގެންގޮސް މަތީ ތަޢލީމާ ހަމައަށްވިޔަސް އުނގެނުމުގެ އެއްވެސް މަރުހަލާއެއް، ފޭސް-ޓު-ފޭސްކޮށް ވިޔަސް އޮންލައިންކޮށް ވިޔަސް އުނގަންނައިދެވޭ އެއްވެސް މޯޑެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ.

ޒަމާނައެކު އެޑިއުކޭޝަނަލް ޓެކްނޮލޮޖީ މިވަނީ ވަރަށް ހަރަކާތްތެރި އަދި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއްޗެއް ކަމުގައި ވެފައެވެ. އޭގެ އަސަރު ދަރިވަރުންނަށާއި ތަޢުލީމީ ދާއިރާއަށް އަންނަނީ ކުރަމުންނެވެ. މީގެ މަނައަކީ ކިލާހުގައި ސްމާރޓް ބޯޑެއް ބޭނުންކުރުމުން ނުވަތަ ޒޫމް ފަދަ ވީޑިއޯ ކޮންފެރެންސިންގ ސިސްޓަމެއް ބޭނުންކޮށްގެން ވާރޗުއަލް ކިލާހެއް ނަގައިދިނުމުން ދަރިވަރުންގެ އެންގޭޖްމަންޓް އިތުރުކޮށްދީ އެ ދަރިވަރުންގެ ބައިވެރިވުން ފިލާވަޅުތަކުގައި އިތުރުވެ ނަތީޖާ ރަނގަޅުވެގެން ދާނެކަމުގައި ބުނުންހެއްޔެވެ؟ ނޫނެކެވެ.


advertisment
ހިޔާލު