ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީ.އެސް.އެސް.އައީ.ޕީ)، ގެ ދަށުން ގިނަ މަޝްރޫޢުތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް ދަނީ ޕީ.އެސް.އައީ.ޕީ ގެ ދަށުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 173 މަޝްރޫޢެއް މިހާރު ކުރިއަށް ދާކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ ތެރޭގައި 1171 ކްލާސްރޫމް އެޅުމުގެ މަސައްކަތާއި، 73 މަލްޓިޕާރޕަސް ސްކޫލް ހޯލް އެޅުމުގެ މަސައްކަތުގެ އިތުރުން 297 އެހެނިހެން ވަސީލަތްތައް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެހެނިހެން ވަސީލަތްތަކުގައި ހިމެނޭ ކަންތައްތަކުގައި ލެބޯރޓްރީ، ލައިބްރަރީ، ސްކޫލް އޮފީސް އަދި އޭވީ ރޫމް ފަދަ ވަސީލަތްތައް ހިމެނެއެވެ.

ޕީ.އެސް.އައީ.ޕީގެ ދަށުން، ރާއްޖޭގެ އަތޮޅުތަކުގައި ތަޢުލީމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާއިރު، ބައެއް މަޝްރޫޢުތައް ވަނީ ނިމިފައިވެއެވެ. އެގޮތުން، ހދ.އަތޮޅު ނައިވާދޫ ސްކޫލުގެ 2 ކްލާސްރޫމް އިމާރާތް ކުރުމާއި، ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމާއި، ހދ.ކުޅުދުއްފުށީ އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ކްލާސްރޫމެއް އިމާރާތް ކުރުމާއި ހދ.ކުރިނބީ ސްކޫލުގައި 5 ކްލާސް ރޫމަކާއި ސްޓާފް ރޫމް ޤާއިމްކުރުމާއި، ނ.ކެނދިކުޅުދޫ ސްކޫލުގެ 2 ކްލާސްރޫމަކާއި ހޯލެއް އިމާރާތް ކުރުމާއި، ނ.ޅޮހި ސްކޫލުގެ 6 ކްލާސްރޫމެއް އިމާރާތްކުރުމާއެކު ނ.ކުޑަފަރި ސްކޫލުގެ ސްމާރޓް ކްލާސްރޫމް އިމާރާތްކުރުމާއި، ރ.ހުޅުދުއްފާރު ސްކޫލުގެ މަލްޓިޕާރޕަސް ހޯލް ނިމުމާއި، ރ.މަޑުއްވަރި ސްކޫލުގެ މަލްޓިޕާރޕަސް ހޯލާއި 8 ކްލާސްރޫމް އިމާރާތް ކުރުމާއި، ރ.ކިނޮޅަހު ސްކޫލުގެ 6 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ބ.ފެހެންދޫ ސްކޫލުގެ ލޯންޗް ފެރީގެ މަސައްކަތް ފަށާފައިވުމާއި، ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙް ގެ 10 ކްލާސްރޫމަކާއި ސްޓާފް ރޫމް އަދި އޭވީރޫމް ހެދިފައިވުމާއި، އއ.ތޮއްޑޫގައި 12 ކްލާސްރޫމެއް އިމާރާތް ކުރުމާއެކު މަލްޓިޕާރޕަސް ހޯލެއް އެޅުމާއި، އަދ.މަހިބަދޫ، އދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 16 ކްލާސްރޫމެއް އިމާރާތް ކުރުމާއި، ފ.ނިލަންދޫ، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 8 ކްލާސްރޫމަކާއި 2 ލެބާއި އަދި މަލްޓިޕާރޕަސް ހޯލް ނިންމައިފައިވުމާއި، ދ.ކުޑަހުވަދޫ، ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 9 ކްލާސްރޫމް އިމާރާތްކުރުމާއި، ލ.މާވަށު ސްކޫލުގެ 5 ކަލާސްރޫމަކާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތްކުރުމާއި، ގއ.ވިލިނގިލި، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 9 ކްލާސްރޫމް އިމާރާތް ކުރުމާއި، ގއ.ގެމަނަފުށި ސްކޫލުގެ 10 ކްލާސްރޫމެއް އިމާރާތް ކުރުމާއި ގދ.ހޯނޑެއްދޫ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތާއެކު، ގދ.ފިޔޯރީ ސްކޫލުގެ 6 ކްލާސްރޫމެއް އިމާރާތްކުރުމާއި، ޏ.ފުވައްމުލަކު އެމް.ޖޭ.އެސް ސްކޫލުގެ މަލްޓިޕާރޕަސް ހޯލު އިމާރާތް ކުރުމާއި، ސ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމެއް އިމާރާތް ކުރުމާއެކު، ސ.ހިތަދޫ އައްޑޫ ހައި ސްކޫލުގެ މަލްޓިޕާރޕަސް ހޯލުގެ މަސައްކަތް ހިމެނެއެވެ.

ހަމަމިއާއެކު މި ޕްރޮގްރާމްގެ ދަށުން، އަތޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް އަދިވެސް ހިނގަމުން އެބަދެއެވެ. މިގޮތުން، ހދ.ނެއްލާދޫ ސްކޫލުގެ 2 ކްލާސްރޫމެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ހދ.ވައިކަރަދޫ ހދ އަތޮޅު މަދަރުސާގެ 12 ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތާއި، ހދ.ނޮޅިވަރަމް ސްކޫލުގައި 6 ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތާއި، ހދ.ނޭކުރަންދޫ ސްކޫލާއި ހދ.ނަވައިދޫ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތާއި، ހދ. ހަނިމާދޫ ސްކޫލުގެ ހޯލް އިމާރާތްކުރުމުގެ މަސައްކަތާއި، ށ.ނަރުދޫ ސްކޫލުގެ 3 ބުރީ އިމާރާތްކުރުމުގެ މަސައްކަތާއި، ށ.ފޯކައިދޫ ސްކޫލުގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތާއި މަލްޓިޕާރޕަސް ހޯލުއެޅުމުގެ މަސައްކަތާއި، ށ.ފޭދޫ ސްކޫލުގެ 8 ކްލާސްރޫމެއް އަދި މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތާއި، ށ.މާއުނގޫދޫ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލުގެ އިމާރާތް ކުރުމުގެ މަސައްކަތާއި، ނ.ކުޑަފަރީ ސްކޫލުގެ އިމާރާތް ކުރުމުގެ މަސައްކަތާއި، ނ.މިލަދޫ ހިދާޔާ ސްކޫލުގެ 8 ކްލާސްރޫމަކާއެކު މަލްޓި ޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ރ.އަލިފުށީ ސްކޫލު އަދި ރ.އުނގޫފާރު ސްކޫލުގައި މަލްޓި ޕާރޕަސް ހޯލެއްއެޅުމުގެ މަސައްކަތާއި، ކ.ކާށިދޫ ސްކޫލުގައި 16 ކްލާސްރޫމާއި ހޯލާކާއެކު އައު ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތްތައް ވެއެވެ.

މިއާއެކު، ކ.ހުރާ ސްކޫލުގެ 6 ކްލާސްރޫމުގެ 2 ބުރީގެ އިމާރާތް ކުރުމުގެ މަސައްކަތާއި، އއ.މާޅޮހު ސްކޫލުގައި 4 ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތާއި، މ.ކޮޅުފުށީގެ މ.އަތޮޅު މަދަރުސާގައި 5 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތާއި، ފ.ބިލެތްދޫ ސްކޫލާއި ދ.މީދޫ ދ.އަތޮޅު މަދަރުސާގައި މަލްޓިޕާރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތާއި، ލ.އިސްދޫ ސްކޫލުގެ މަލްޓިޕާރޕަސް ހޯލް އިމާރާތް ކުރުމާއި، ލ.ހިތަދޫ ސްކޫލުގެ 4 ކްލާސްރޫމަކާއެކު 2 ބުރީގެ އިމާރާތުގެ މަސައްކަތް ކުރުމާއި، ލ.ގަން މުކުރުމަގު ސްކޫލް އޮފީސް އިމާރާތްކުރުމުގެ މަސައްކަތާއި، ލ.ފޮނަދޫ ލ.އަތޮޅު ތަޢުލީމީ މަރުކަޒު ގެ 12 ކަލާސްރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހަމަމިއާއެކު، ގއ.ނިލަންދޫ ސްކޫލުގެ 4 ކަލާސްރޫމާއި ގއ.ދެއްވަދޫ ސުލްޠާން މްޙައްމަދު ސްކޫލު 2 ބުރީގެ ޢިމާރާތް ކުރުމާއި ގއ.ކަނޑުހުޅުދޫ ސްކޫލުގެ މަލްޓިޕާރޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތާއި ގދ.ގައްދޫ ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ޏ.ފުވައްމުލަކު އެމް.ޖޭ.އެސް ސްކޫލުގެ 16 ކްލާސްރޫމެއް އެޅުމާއެކު ކޮމްޕިއުޓަރ ލެބެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ފުވައްމުލަކު ސްކޫލުގެ މަލްޓިޕާރޕަސް ހޯލުގެ މަސައްކަތާއި، ސ.މަރަދޫ އިރުޝާދިއްޔާ ސްކޫލާއި އައްޑޫ ހައި ސްކޫލުގައި 12 ކްލާސްރޫމެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.މަރަދޫ ސްކޫލުގެ 12 ކްލާސްރޫމުގެ އައު އިމާރާތުގެ މަސައްކަތާއި އަދި ސ.ހިތަދޫ ޝަރަފުއްދީން ސްކޫލުގެ 18 ކްލާސްރޫމުގެ 3 ބުރީ ޢިމާރާތުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީން ހިންގަމުންގެންދާ މަޝްރޫޢުތަކަކީ، ރާއްޖޭގެ ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނެސް، ގިނަ ރަށްތަކެއްގައި ސްކޫލުގެ ހިދުމަތް ފައިދާވަނިވި ގޮތެއްގައި ގެނެސްދިނިމުގެ ބޭނުމުގައި ހިންގޭ މަޝްރޫޢުތަކެކެވެ.
advertisment
ހިޔާލު