ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕްރޮކިއުމެންޓް ދާއިރާއަށް ހާއްސަ ކޯސްތަކެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފި

ޕްރޮކިއުމެންޓް ދާއިރާއަށް ހާއްސަ ކޯސްތަކެއް ފަރުމާކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:އެމްއެންޔޫ

ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ފިނޭންސުން ހިންގާ ރާއްޖޭގެ ޕަބްލިކް ފައިނޭންސް ޕްރޮޖެކްޓުގެ ދަށުން  ރާއްޖޭގައި ޕްރޮކިއުމެންޓްގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޕްރޮކިއުމެންޓް ދާއިރާއަށް ހާއްސަކުރެވިގެން ކޯސްތަކެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ވާރލްޑް ބޭންކުގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކަމާގުޅޭ ދާއިރާތަކުގެ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ މިނިސްޓްރީތަކާއި މި ދާއިރާއާގުޅުންހުރި ބައެއް މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިންގެ ގޮތުގައި ހިމެނެއެވެ.

ޕްރޮކިއުމެންޓް ދާއިރާއަށް ހާއްސަ ކޯސްތަކެއް ފަރުމާކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:އެމްއެންޔޫ

ގައުމީ ޔުނިވަރސިޓީން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތައްޔާރުކުރަމުންދާ ޕްރޮކިއުމެންޓް ދާއިރާގެ ކޯސްތަކަށް ޙާއްސަކުރެވިގެން މުގައްރަރެއް ތައްޔާރު ކުރުމަށް އެހީތެރިވާނެކަމަށެވެ.

ޔުނިވަރސިޓީގައި ކުރިއަށްގެންދާ މި ބައްދަލުވުމަކީ މިހާތަނަށް މިދާއިރާއިން ރާއްޖޭގައި ފުޅާދާއިރާއެއްގައި މީހުން ބިނާ ކުރުމަށް ހިންގޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *