ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމްކޮށް، އަންނަ އަހަރު ރޯދަ ބާޒާރު ބޭއްވުމަށް އެ ސްކޫލުން ނިންމައިފިއެވެ.
މި ރޯދަ ބާޒާރަކީ މާރޗު މަހުގެ 3، 4 އަދި 5، މި ތިންދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާޒާރެކެވެ. މި ބަޒާރުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި ބާޒާރުގައި އެ ސްކޫލުގެ ހޯލުގައި ޖުމްލަ 6 ސްޓޯލެއް ބަހައްޓާނެއެވެ. ސްޓޯލެއް ވަކިން ނަގާނަމަ ދުވާލަކަށް 1100 ރުފިޔާގެ އަގެއް އަދި ހޯލު އެއްކޮށް ނަގާނަމަ ދުވާލަކަށް 6000 ރުފިޔާގެ އަގެއް ދައްކަން ޖެހެއެވެ.
ފުރަތަމަ ބުރީގެ ސްޓޯލެއް ދޫކުރަން ހަމަޖެހިފައިވަނީ 600 ރުފިޔާއަށެވެ. އަދި ދެވަނަބުރީގެ ސްޓޯލެއް ދޫކުރަން ހަމަޖެހިފައިވަނީ 500 ރުފިޔާއަށެވެ.
މި ރޯދަ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމަށް މި މަހު 28 ވަނަދުވަހު ހުޅުވާލާނެކަމަށް އަފީފުއްދީން ސްކޫލުން ހާމަކޮށްފައިވެއެވެ.
advertisment
ހިޔާލު