ބިލެތްފަހި ސްކޫލްގައި ސްޓަޑީ ކޭމްޕެއް ބާއްވައިފި

ށ. ބިލެތްފަހި ސްކޫލްގައި ސްޓަޑީ ކޭމްޕް 2021ގެ ތެރެއިން. ފޮޓޯ:ބިލެތްފަހި ސްކޫލް

ށ. ބިލެތްފަހި ސްކޫލްގައި ސްޓަޑީ ކޭމްޕް 2021 ބާއްވައިފިއެވެ.

13 ނޮވެމްބަރުގައި އެ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްޕް އިންތިޒާމް ކޮށްފައިވަނީ އެސްކޫލްގައި ކިޔަވައި ދެއްވާ ބިދޭސީ މުދަރިސުންނެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލްގެ ލީޑިންގ ޓީޗަރ ޝިމާނާ ވިދާޅުވީ މި ކޭމްޕްގެ މައިގަނޑު މަގްސަދަކީ މުސްތަގްބަލްގައި ކުދިންނަށް ކިޔެވުމަށް ހިތްވަރު ދިނުމާއި އެކި އެކި އިމްތިހާނުތަކަށް ތައްޔާރުކޮށްދިނުމެވެ.

ށ. ބިލެތްފަހި ސްކޫލްގައި ސްޓަޑީ ކޭމްޕް 2021 ގެ ތެރެއިން. ފޮޓޯ: ބިލެތްފަހި ސްކޫލް

މި ކޭމްޕުގައި ކުދިންގެ ސިކުނޑި ތާޒާ ކޮށްލުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޭމްޕް ހިންގާފައިވަނީ އެސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ކުދިންނަށެވެ. ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ކޭމްޕަށް ސްކޫލްގެ އެޑްމިންއާއި  ޓީޗަރުން އަދި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ސްކޫލުން ވަނީ ފާހަގަކޮށްފައެވެ. ވަކިން ހާއްސަކޮށް ސްކޫލްގެ ބެލެނިވެރިން މި ކޭމްޕް ކާމިޔާބު ކުރުމަށްޓަކައި ވެދިން އެހީތެރިކަމާއި އެއްބާރުލުމަށް ސްކޫލުން ވަނީ ޝުކުރު އަދާކޮށް، ބެލެނިވެރިންގެ އަގު ވަޒަންކޮށްފައެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *