ލ. ފޮނަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީމަރުކަޒުން " "ޝާމިލް ބެލެނިވެރިޔާ" ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.
މިއީ އުނގެނުމާއި އުންގަންނައިދިނުމުގައި ބެލެނިވެރިޔާގެ ދައުރު ފުޅާކުރުމުގެ މަޤުސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި، އާތިޔާ ވިދާޅުވީ، ކުރިމަތިވާ މައްސަލަތައް ސްކޫލާއި ބެލެނިވެރިން ވާހަކަދައްކައިގެން ހައްލުކުމުގެ މުހިއްމުކަމަށެވެ. ބެލެނިވެރިން ނަމޫނާ ދެއްކުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް އާތިޔާ ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
މި ޕްރޮގްރާމް އަކީ އުނގެނުމުގައި ބެލެނިވެރިން ޝާމިލްވާންވީ ގޮތާއި އަދާކުރަން ޖެހޭ ދައުރު މަގުސަދެއްގެ ގޮތުގައި ކަނޑައެޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ލ. އަތޮޅު ތަޢުލީމީމަރުކަޒުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދަނީ އެ މަރުކަޒުން ހޮވާލެވިފައިވާ ޓީމަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކުގައެވެ.
ލ. އަތޮޅު ތައުލީމީމަރުކަޒުގައި ހަތް ސަތޭކައެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު