ހާފިޒް އަހުމަދު ސްކޫލްގެ އިންޓަރހައުސް އަދި އިންޓަރ ކްލާސް ނެޓްބޯޅަ މުބާރާތް ފަށައިފި

ހާފިޒް އަހުމަދު ސްކޫލްގެ އިންޓަރހައުސް އަދި އިންޓަރކުލާސް ނެޓްބޯލަ މުބާރާތް މިއަދު ހެދުނު ފަށައިފިއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ އެ ސްކޫލްގެ ގްރޭޑް 7 ން މަތީގެ އަދި ގްރޭޑް 6ން ދަށުގެ ގްރޭޑްތަކުގެ ކްލާސްް ކުދިން ވާދަކުރާ ގޮތަށެވެ.

މި ކުދިންނަށް ހަތަރު ހައުސްގެ ޓީމްގައިވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތް ކުރިއަށްދަނީ ސްކޫލުގެ ގޯތިތެރޭގައިއާއި ސްކޫލް ހޯލްގައެވެ.

މިއަދުގެ މެޗުތައް ހެދުނު 6:30ގައި ފެށިގެން ދިޔައިރު ފުރަތަމަ ބައްދަލު ކުރީ 2އޭ އާއި 2ބީގެ ކުލާހެވެ. އަދި އޭގެ ފަހުން 3އޭއާއި 3ސީ ވަނީ ބައްދަލުކޮށްފައެވެ. ހަވީރު 4.30ގައި ކުޅޭނީ ކޭއެސްގެ މެޗުތަކެވެ. ކޭއެސް 1އޭ އަދި ބީ ވާދަ ކުރާމެޗްތަކަކީ ސީއާއި ޑީ ވާދަކުރާ މެޗުތަކެވެ. ހަވީރު 4:00ގައި 4އޭ އަދި 4ބީ ބައްދަލުކުރާއިރު 5.30ގަކުޅޭ މެޗުގައި ބައްދަލު ކުރާނީ 5އެ އަދި ސީއެވެ. މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ހައުސްތަކުގެ މެޗުތަކެވެ. އެގޮތުން ހަވީރު 4:00ގައި ވާދަކުރާނީ މާލިކީ ހައުސްގެ (ރީނދޫ) ޓީމާއި ހަނަފީ ހައުސްގެ (ފެހި) ޓީމެވެ. އަދި 4:30ގައި ހަންބަލީ ހައުސް (ރަތް) ޓީމާއި ޝާފީ ހައުސް (ނޫ) ޓީމުގެ މެޗުތައް ކުޅޭނެއެވެ. މި މުބާރާތުގައި ހައުސްތަކުގެ ބައި މިމަހުގެ 15،16 އަދި 17 ވަނަ ދުވަހު ހަވީރު ކުރިއަށް ގެންދެވޭނެއެވެ. ކުލާސްތަކުގެ މެޗުތައް މިމަހުގެ 15ން 19 އަށް ހެނދުނާއި ހަވީރު ކުރިއަށް ގެންދެވޭނެއެވެ. އަދި 2 ކޯޓެއްގައި މެޗުތައް ކުޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *