ގދ. ވާދޫ ޖަމާލުއްދީން ސްކޫލުގައި އިމާރާތްކުރާ މަލްޓި ޕާޕަސް ހޯލާއި 4 ކްލާސްރޫމްގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ނޯތު ކޯސްޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ.
ނޯތު ކޯސްޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގެ ޑިރެކްޓަރ އަލީ އިޔާނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 290 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވިފައިވާ މަސައްކަތެއް ކަމަށެވެ. އެ މިނިސްޓްރީން އަންނަނީ ސްކޫލްތައް އެޅުމާއި ސްކޫލްތަކުގެ އާބާތުރަ ފިލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރު ފެށުނުއިރު ބައެއް ސްކޫލްތަކުގެ އިމާރާތުގެ ފެންވަރު ދަށްކަމަށް ބުނެ ބައެއް ރަށްރަށުގައި ބެލެނިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލްތަކުގެ ސްކޫލް އިމާރާތްތައް ބަލަހައްޓާ ބައިން އަންނަނީ ފެންވަރު ރަނގަޅު، ދަރިވަރުންނަށް ބޭނުންވާ ކަހަލަ ކްލާސްރޫމާއި ހޯލްއާއި މިފަދަ އެހެނިހެން ތަންތަން އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
advertisment
ހިޔާލު