ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ރަތަފަންދޫ ސްކޫލް ގުޅިގެން ބެލެނިވެރިން ހޭލުންތެރިކުރުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.
އެސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ސެޝަންއަކީ ކުދިން ތަރުބިއްޔަތު ކުރުމާއި ޒިންމާތަކާއި ޕޭރެންޓިންގ ސްޓައިލް ބެލެނިވެރިންނަށް ހިއްސާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ސެޝަންތަކެއް ކަމަށެވެ.
އަދި ހުރިހާ ބެލެނިވެރިންވެސް ވަރަށް ފުރިހަމައަށް އެއްބާރުލުންދީ ވަރަށް ރަނގަޅަށް މި ސެޝަންތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުންދީ ބައިވެރިކަމަށްޓަކައި ޝުކުރު އަދާކޮށް ވަރަށް އުފާކުރައްވާކަމަށްް ވިދާޅުވެފައެވެ. 45 ބެލެނިވެރިންނާއިއެކު ކުރިއަށް ގެންދެވުނު މި ސެޝަންގައި ބެލެނިވެރިންގެ ޕްރެޒެންޓޭޝަންތައްވެސް ހުށަހެޅުން އޮތެވެ. މި ސެޝަންގެ ސަބަބުން ޖީސީއީ އޯލެވެލްއަށް ދަރިވަރުން ތައްޔާރުކުރުމުގައި ބޭނުންކުރާނެ ވަރަށް މުހިއްމު އުކުޅުތައް ދަސްވެގެން ދިޔަ ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ. އެ ސްކޫލުން މީގެ ކުރިންވެސް ތިނަދޫ ސްކޫލާއި ގުޅިގެން ދަރިވަރުންނާއި ޓީޗަރުންނަށް މިފަދަ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
advertisment
ހިޔާލު