ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ މެދުގައި ބޭއްވުނު ނެޓްބޯޅަ މުބާރާތް ނިންމާލައިފިއެވެ.
މިފަހަރު މި މުބާރާތް ބާއްވައިފައިވަނީ ގުރޭޑްް 1ން 6 ގެ ދަރިވަރުންނަށެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ނިމިގެންދިޔަ މި މުބާރާތުގައި އެގްރޭޑްތަކުގެ ހުރިހާ ކުލާހަކުން ވާދަކޮށްފައިވެއެވެ. އަދި ކޮންމެ ގްރޭޑްއަކުން ޗެންޕިއަންކަން ހޯދި ކުލާހަށް ވަނީ ޓްރޮފީއެއް ދީފައެވެ. އެގޮތުން ގްރޭޑް 5އަދި 6ން އެންމެ މޮޅު 7 ކުޅުންތެރިން ހޮވައި އެކުޅުންތެރިންނަށް ވަނީ ޓްރޮފީއާއި ސެޓްފިކެޓްް ހަވާލުކޮށްފައެވެ. ދަށް ގްރޭޑްތަކުގެ ކުދިންނަށް މުބާރާތް ގެންދެވުނީ ވަރަށް މަޖާ އުފާވެރި މާހައުލެއްގައި އެކުދިންނަށް ކުޅެން ފުރުސަތު ދީގެންނެވެ. މިމުބާރާތުގައި ގްރޭޑް 4ން ފެށިގެން ދަށް ގްރޭޑްތަކުން ބައިވެރިވި ހުރިހާ ދަރިވަރުންނަށް މެޑެލެއް ދީފައިވެއެވެ.
advertisment
ހިޔާލު