ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ޑީން ޢައްޔަނު ކުރައްވައިފި

ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ޑީން ކަމުގެ މަޤާމަށް އާދަމް ޚާލިދު ޢައްޔަނު ކުރެއްވުން. ފޮޓޯ:އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ޑީން ކަމުގެ މަޤާމަށް އާދަމް ޚާލިދު ޢައްޔަނު ކުރައްވާ، މަޤާމުގެ ލިޔުން ޙަވާލު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ޑީންކަމުގެ މަޤާމަށް އައްޔަނު ކުރެވުނު އާދަމް ޚާލިދު ވަނީ 2005 ވަނަ އަހަރުން 2009 ވަނަ އަހަރަށް ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގގެ އެސިސްޓަންޓް ލެކްޗަރަރއެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާފައެވެ.

ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ޑީން ކަމުގެ މަޤާމަށް އާދަމް ޚާލިދު ޢައްޔަނު ކުރެއްވުން. ފޮޓޯ:އެމްއެންޔޫ

އަދި 2011 ވަނަ އަހަރުން ފެށިގެން އިއްޔެއާއި ހަމައަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރެއްވިއެވެ. މީގެ އިތުރުން ދިގު މުއްދަތަކަށް ޑިޕާޓްމަންޓް ހެޑެއްގެ ގޮތުގައި މަސައްކަތްކުރައްވާ، އަދި ޔުނިވަރސިޓީގެ އެކަޑަމިކް ސެނެޓްގައި ބައިވެރިވެވަޑައިގެން، ފެކަލްޓީ ތަމްސީލުކުރުމުގެ ގޮތުން އެތަކެއް މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް ގައުމީ ޔުނިވަރސިޓީން ބުނެއެވެ.

ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގައި އިއްޔެ ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ – ޑރ. މުޙައްމަދު ޝަރީފުއެވެ. މި ރަސްމިއްޔާތުގައި އާދަމް ޚާލިދު ވަނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގައި ކިޔަވާދޭ ދާއިރާތަކަކީ މިގައުމުގައި ސްކިލްޑް ޝޯޓޭޖް އުޅޭ ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ.

ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ޑީން ކަމުގެ މަޤާމަށް އާދަމް ޚާލިދު ޢައްޔަނު ކުރެއްވުން. ފޮޓޯ:އެމްއެންޔޫ

އަދި ގައުމެއް ތަރައްޤީވުމަށް ޓެކްނޮލޮޖީއަށް އަހުލުވެރި، ސައިންސްގެ އަލީގައި ވިސްނަން ދަންނަ، އިލްމީ އަދި ފަންނީ މީހުން ބިނާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. ޚާލިދު ވިދާޅުވި ގޮތުގައި އަމާޒަކީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީން ނިކުންނަ ދަރިވަރުންނަކީ ޢިލްމަށް ލޯބިކުރާ، މަސައްކަތުގެ އަޚުލާގު ރަނގަޅު އަދި ޒަމާނަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުންކަމަށެވެ. އަދި މީގެ އިތުރުން ތިމާވެއްޓާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް ހަރުދަނާކޮށް އިތުރު ކުރުމަށް މާސްޓާސް ޑިގްރީ އިން އެންވަޔަރަންމަންޓަލް ސްޓަޑީޒް ތައާރަފުކުރުމަށް ގަސްތުކުރާކަމަށްވެސް ވިދާޅުވިއެވެ. އަދި ޑީންކަމުގެ ޓަރމް ނިމުމުގެ ކުރިން މެރިން ބައޮލޮޖީ ހަރުދަނާކޮށް އެގްރިކަލަްޗަރ ޑިގްރީއެއްވެސް ފައްޓާނެކަމަށް ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *