ޤައުމީ ޔުނިވަރސިޓީން އަންނަ އަހަރުގެ ފުރަތަމަ ޓަރމްގެ ކޯސްތައް އިޢުލާންކޮށްފި

އެމްއެންޔޫގެ ކޯސްތައް އިޢުލާންކުރުން. ފޮޓޯ: އެމްއެންޔޫ

ޤައުމީ ޔުނިވަރސިޓީގެ އަންނަ އަހަރުގެ ފުރަތަމަ ޓަރމްގެ ކޯސްތައް އިޢުލާންކޮށްފިއެވެ. އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާ މިކޯސްތަކަށް ވަނުމުގެ ފުރުސަތުވަނީ އަންނަ ޖެނުވަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެމްއެންޔޫގެ ކޯސްތައް އިޢުލާންކުރުން. ފޮޓޯ: އެމްއެންޔޫ

މި ކޯސްތަކުގެ މަޢުލޫމާތު އެ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެ އުނިވަރސިޓީގެ ފުރަތަމަ ޓަރމްގެ ކޯސްތަކަށް އެޕްލައިކުރުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެ ޔުނިވަރސިޓީން ބުނީ އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު އޮންލައިންކޮށް އެޕްލައިކުރުމަށް ފަހި ގޮތްތަކެއް ހަމަޖައްސައިދީފައިވާކަމަށެވެ. އެގޮތުން ސެޓްފިކެޓް އެޓެސްޓް ނުކޮށްވެސް އެޕްލިކޭޝަން ބަލައިގަންނަންވަނީ ހަމަޖެހިފައެވެ.

އެމްއެންޔޫގެ ކޯސްތައް އިޢުލާންކުރުން. ފޮޓޯ: އެމްއެންޔޫ

އަދި މިފަހަރު އޭލެވެލް ހަދާ ދަރިވަރުންނަށްވެސް ފައިނަލް ނަތީޖާ ނުލިބުނަސް، އޭއެސް ލެވެލްގެ ނަތީޖާއަކާއެކު އެޕްލިކޭޝަން ހުށަހެޅުމުން ކޮންޑިޝަނަލް އޮފަރއަކާއިއެކު ޖާގަ ކަށަވަރުވެގެންދާނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މިފަހަރު އެ ޔުނިވަރސިޓީން ތަފާތު 23 ދާއިރާއަކުން ޖުމްލަ 113 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *