ދ. މާއެނބޫދޫ ސްކޫލްގައި "ކޮންމެ ކުއްޖަކަސްވެސް ވާހަކަ ދެއްކޭނެ " މިނަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި އެސްކޫލްގެ 54 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން 48 ދަރިވަރަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މި ޓްރެއިނިންގް ޕްރޮގްރާމްގައި އެސްކޫލްގެ ގްރޭޑް 6ން ފެށިގެން މަތީގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މުފީދު ވިދާޅުވި ގޮތުގައި މި ޓްރެއިނިންގް ޕްރޮގްރާމަކީ އެސްކޫލްގައި ވާހަކަ ދެއްކުމުގެ މުބާރާތެއް ބޭއްވުމުގެ ކުރިން ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ޓްރެެއިނިންއެއް ކަމަށެވެ. އަދި މިއަހަރު އެ ސުކޫލްގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތް މިހާރު ޝެޑިއުލް ކުރެވިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި ޓްރެނިންގ ޕްރޮގްރާމްގައި ކުދިންނަށް މައުލުމާތު ހިއްސާކޮށްދެއްވީ އެމްއެންޔޫގެ ސްޓޫޑަންޓް ޔުނިއަންގެ ފަރާތުން ފޮނުއްވި ދެބޭފުޅުން ކަމަށްވާ މުހައްމަދު ޝިފާން އާއި އަލީ އަމީރެވެ. އަދި މި ޓްރެއިނިންގއަށްްް ރަށު ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައިރު ކަޑިންމަ މޯލްޑިވްސްއިން ވެސް ވަނީ އެހީތެރިވެދީފައެވެ.
advertisment
ހިޔާލު