މަގޫދޫ ސްކޫލްގައި ފަންޑްރައިޒިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ފ. މަގޫދޫ ސްކޫލްގައި ރީޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ އެ ސްކޫލްގެ ލައިބްރަރީއަށް ފޮތް ހޯދުމަށް ކުރިއަށް ގެންދިޔަ ފަންޑް ރައިޒިންގ ހަރަކާތެކެވެ. މި ހަރަކާތުގައި އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުން ހުށަހަޅައިދިން ޑްރާމާ ޝޯގެ ޓިކެޓް ވަނީ ވިއްކާފައެވެ.

"އުފަލާއިއެކު ކިޔާލަމާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޝޯގައި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ކުދިން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝޯ ބަލަން ޒިޔާރަތްކޮށްފައެވެ. މި ސްޓޭޖް ޝޯ ބޭއްވުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ މަގޫދޫ ސްކޫލް ހޯލްގައެވެ. މިޝޯގެ ޓިކެޓް ވިއްކާފައިވަނީ 15 ރުފިޔާ 20 ރުފިޔާ އަދި 25 ރުފިޔާއެވެެ.

މަގޫދޫ ސްކޫލަކީ އަބަދުވެސް ބެލެނިވެރިންނާއި ގުޅިގެން ސްކޫލްގެ އެކި ކަންކަމަށް ފަންޑު ހޯދުމަށް ގިނަ ހަރަކާތްތަކެއް ރާވައި ހިންގާ ސްކޫލެކެވެ. މި ސްޓޭޖް ޝޯގައި ދަރިވަރުންގެ ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔައެވެ. މި ހަރަކާތަށް ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލްގެ މެނޭޖްމެންޓްގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މަގޫދޫ ސްކޫލް ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ގޮތުން މަގޫދޫގެ އެކި މުއައްސަސާތަކާއި އެރަށުގައި ހަރަކާތްތެރިވާ ބައެއް ކުލަބް ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *