ދަ ސާރކަލް ބައި އުގެއިލް ފައުންޑޭޝަންގެ ފަރާތުން ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމް 2022 ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިނސިރޭސިވިލާތުގެ ލެކްޗަރާއިންނެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގައި ބައިވެރިވެވޭނީ 14 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންނަށެވެ. ރެޖިސްޓްްރޭޝަން ފީއެއްގެ ގޮތުގައި 200 ރުފިޔާ ނަގާއިރު މަހު ފީއެއްގެ ގޮތުން ކޮންމެ ކުއްޖަކު ދައްކަން ޖެހެނީ 300 ރުފިޔާއެވެ.
އެއްއަހަރުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި މިހާރު މިވަނީ ކުދިންނަށް ރެޖިސްޓްރޭޝަންއަށް ހުޅުވާލެވިފައެވެ، މި ޕްރޮގްރާމްގައި ކުދިން ކިޔަވާނެ ބައިތަކުގެ ތެރޭގައި ވޮކެބްލަރީ ސްކިލްސް، ޕަންޗުއޭޝަން، ގްރެމަރ، ޕާސުއޭސިވް ރައިޓިންގ، ތަފާތު ލިޔުމުގެ ވައްތަރުތައް، ޑިސްކްރިޕްްޓިވް ސްކިލްސް، މާސްޓރ ޓެންސް އަދި މީގެ އިތުރުން ޕޮލޮޓްތައް ކްރިއޭޓް ކުރުމާއި ވާހަކަ ލިޔުމުގައި ތީމް ތައްޔާރު ކުރަން ދަސްކޮށްްދެވޭނެއެވެ.
މި ޕްރޮގްރާމަކީ ކޮންމެ ހޮނިހިރު ދުވަހަކު ޒޫމް މެދުވެރިކޮށް މުޅި އަހަރު ތެރޭގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި ކޮންމެ ހަފްތާއަކު ކޮންމެ ދަރިވަރަކުވެސް އޮންލައިންކޮށް ކްރިއޭޓިވް ލިޔުމެއް މި ޕްރޮގްރާމްގައި ހުށަހަޅަން ޖެހޭނެއެވެ.
މި ޕްރޮގްރާމްއަށް އޮންލައިންކޮށްް ކުދިންނަށް ބައިވެރިވެވޭނެއެވެ. އަދި އެފްބީ ޕޭޖުންވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
advertisment
ހިޔާލު