2019 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރުންގެ ގޮތުގައި 3 ދަރިވަރަކު ހޮވިއްޖެއެވެ. މިކަން އިޢުލާންކޮށްފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2019ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ތެރެއިން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގދ. ތިނަދޫ ކޯޅި ޢަބްދުﷲ މަޒީން މުޙައްމަދެވެ. ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގދ. ތިނަދޫ ސްލީޓް އާއިޝަތު ޔުނާލް އިމާދެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގދ. ގައްދޫ، ރަންނާޅިގޭ ފާތިމަތު ޝިނާ ރަޝީދެވެ.

2019 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގދ. ތިނަދޫ މެލަން ހައުސް ފާތިމަތު އަސްބާ ޞާދިޤެވެ.

2019 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކު ވަނީ ޤައުމީ ގަދަ 10 ވަނައިގައި ހިމެނިފައެވެ. މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ 10 އެއްގައި 2 ދަރިވަރުން ހިމެނިފައިވެއެވެ. އަދި މީގެ އިތުރުން ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކު ވަނީ ސުކޫލުގެ ގަދަ 5 ވަނައިގައި ހިމެނިފައެވެ. މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން 6 ދަރިވަރަކު ވަނީ ސުކޫލުގެ ގަދަ 5 ވަނައިގައި ހިމެނިފައެވެ.

ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދުއެވެ.
advertisment
ހިޔާލު